މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަގާފީ މަސައްކަތްތައް ކުރައްވާ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ޖަމިއްޔާ/ޖަމާއަތް (އެންޖީއޯ) ތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                            ނަމްބަރ:331/331/2021/70(IUL)

 

އިޢުލާން

 

ސަގާފީ މަސައްކަތްތައް ކުރައްވާ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ޖަމިއްޔާ/ޖަމާއަތް (އެންޖީއޯ) ތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

 

                  ރަށްރަށުގައި ކުރަމުންދާ އެކިއެކި ދިވެހި ސަގާފީ އާދަކާދައާއި ގުޅުންހުރި މަސައްކަތްތަކާއިބެހޭ މަޢުލޫމާތު އެއްކޮށް، މިފަދަ މަސައްކަތް ކުރައްވާ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ޖަމިއްޔާ/ޖަމާއަތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދަނީ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރަމުންނެވެ. އެހެންކަމުން މި މަޢުލޫމާތު އެއްކުރުމަށް ތައްޔާރުކޮށްފައިވާ "ސަގާފީ މަސައްކަތްތައް ކުރައްވާ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ޖަމިއްޔާ/ޖަމާއަތްތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައި ދަފްތަރު ކުރުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު 27 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް މިއިދާރާގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

11 އޮކްޓޫބަރު 2021
ހޯދާ