ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލ.ގަން ކެމްޕަހުގައި ބޭނުންކޮށްފައިހުރި ބައެއްތަކެތި ނީލަން ކިޔުމައި ބެހޭ

ޢިއުލާން

 

މި ކެމްޕަހުގައި ބޭނުންކޮށްފައިހުރި ބައެއްތަކެތި ނީލަން ކިޔުމައި ބެހޭ      

 

               ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލ.ގަން ކެމްޕަހުގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަންކިޔުން 16 އޮކްޓޫބަރ 2021 ވާ ހޮނިހިރު ދުވަހު ހަވީރު 16:00 ގައި މި ކެމްޕަހުގައި (މަތިމަރަދޫ ޕްރީސްކޫލް) އޮންނާނެއެވެ.

 

               މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ބޭފުޅުން 16 އޮކްޓޫބަރ 2021 ވާ ހޮނިހިރު ދުވަހު 16:00 އަށް ލ.ގަން ކެމްޕަހަށް ވަޑައިގެންނެވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު18 އޮކްޓޫބަރ 2021 ވާ ހޯމަދުވަހު މެންދުރު 14:00 ގެ ކުރިން ކެމްޕަހުން ތަކެތި ނެރެ ގެންދަންވާނެއެވެ.

 

              ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ނީލަމުގައި ބައިވެރިވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް. ޕީ. އޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

 

              އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345234އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް އެޓޭޗް ކުރެވިފައި އެވަނީއެވެ.

12 އޮކްޓޫބަރު 2021
ހޯދާ