މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީހުގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

އޮފީހުގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. އެހެންކަމުން މި މަސައްކަތްތައް ކުރުމަށް ޝައުގުހުރި ފަރާތްތަކަށް، މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ހުރި ގޮތަށް، މައުލޫމާތު ހުށަހެޅުއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

ޝައުގުވެރިކަން ފާޅުކުރެއްވުމަށާއި މަސައްކަތާއިގުޅޭ ތަފުސީލު ސާފުކުރެއްވުމަށާއި ތަން ބެލުމަށް ބޭނުންވާފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2021 އޮކްޓޯބަރ 17 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2021 އޮކްޓޯބަރ 19 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ފެން ބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2021 އޮކްޓޯބަރ 27 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

11 އޮކްޓޫބަރު 2021
ހޯދާ