އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް

މަޤާމް ސަޕޯޓްސް ސްޓާފް 
ބޭނުންވާ ޢަދަދު: 02
ވަޒީފާގެ މުއްދަތު:  6 މަސް (6 މަސް ފަހުން މަސައްކަތުގެ އަޙްލާޤާއި ފެންވަރު ބެލުމަށްފަހު ދާއިމީ ކުރެވޭނެ).

އަސާސީ މުސާރަ

4000 ރުފިޔާ

ސަރވިސް އެލަވަންސް:

1200 ރުފިޔާ

އެޓަންޑަންސް އެލަވަންސް:

1000 ރުފިޔާ

ފިކްސްޑް އެލަވަންސް:

1000 ރުފިޔާ 
ހާރޑްޝިޕް އެލަވަންސް: 600 ރުފިޔާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
  • ކުންފުންޏަށް ގެނެވޭ މުދަލާއި އެހެނިހެން ތަކެތި އޮޑިދޯނިފަހަރު އަދި ޕިކަޕަށް އަރުވާ  ބޭލުން.
  • ކުންފުނިން ވިއްކާ މުދާ ކަސްޓަމަރ އަށް ޑެލިވަރކުރުމުގެ މަސައްކަތްކުރުން.
  • ކުންފުނީގެ ގުދަނަށް ގެނެވޭ މުދާ ސާފުކުރުމާއި އަދި ސޯޓްކޮށް ތަރުތީބު ކުރުން.
  • އޮފީހާއި ގުދަން ފޮޅާ ސާފުކުރުން، ދޮންނަށްޖެހޭ ތަންތަން ދޮވެ ސާފުކުރުން،ގުދަނުގެ ދޮރުމަތި ސާފުކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ވެހިކަލް ދުވަހުން ދުވަހަށް ދޮވެ ސާފުކުރުން.
  • ގުދަނުގެ ސްޓޮކް ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސައްކަތާއި ގުޅުންހުރިކަންކަމުގައި އެހެން ޑިޕާރޓްމަންޓްއަށް ބޭނުންވާ  އެހީތެރިކަން ދިނުން.
  • ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
  • މީގެ އިތުރުންވެސް ކުންފުނީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކުންފުނިން ޙަވާލުކުރެވޭ ވަޒީފާއާއި ގުޅުންހުރި އިތުރު މަސައްކަތްތައްކުރުން.
ޝަރުތު:
  • ޖީ.ސީ.އީ/ އައި.ޖީ.ސީ.އެސް ފާހެއް އޮތުން ނުވަތަ
  • އިނގިރޭސި އަދި ދިވެހި ބަހުން ލިޔަންކިޔަން އެނގުމާއިއެކު، މަޤާމުގެ  މަސްއޫލިއްޔަތުތަކުގެ ހުނަރު /   ޤާބިލުކަން ސާބިތުކޮށްދިނުން
  • މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ  ހޯދާފައިވުން 
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން
  • އުމުރުން 18 އަހަރާއި 49 އަހަރާ ދެމެދު
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  • ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 16:00ގެ ކުރިން  [email protected]  ސިޓީ ފޮނުއްވުން އެދެމެވެ.

11 އޮކްޓޫބަރު 2021
ހޯދާ