މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓަލް އޮފިސަރ

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ޕޯސްޓަލް  އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4650 ރުފިޔާ ( ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު 2610/- ރުފިޔާ (ދެހާސް ހަސަތޭކަ ދިހަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ބ.އޭދަފުށީ ޕޯސްޓް އޮފީސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒްނަސް ނުވަތަ މެނެޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް ފާހެއް އޮތުން ނުވަތަ
  • ޖީސީއީ އޭލެވެލްއިން  ދަށްވެގެން  ސީ ފާސް ލިބިފައިވުމާއެކު އިސްލާމާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއިއެކު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ޖީސީއީ އޯލެވެލްއިން ފާސްވެފައިވުމާއެކު  އިސްލާމާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއެކު ކުރެވޭ އިންޓަރވިއުއިން ފާސްވުން.

މަޤާމްގެ މަސްޢޫލިއްޔަތުތައް

  • ޚިދުމަތާއި  އޮޕަރޭޝަންސްއާއި ގުޅުން ހުރި މަސައްކަތްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއު އިން ފާސްވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
  • ތަރުތީބުން މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއެކު، ލިޔެކިއުންތައް މެނޭޖް ކުރުމުގެ ޤާބިލްކަން ހުރުން.
  • ތެދުވެރިކަމާ އިޚްލާސްތެރިކަމުގެ ސިފަ ހުރުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. 

ރަސްމީ މަސައްކަތު ގަޑި

  • ހެނދުނު 08:00 އިން 16:00 އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  •  ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 17 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 17 އޮކްޓޯބަރ 2021 ވާ އާދީއްތަ  ދުވަހުގެ 13:00 އާ ހަމައަށް ބ.އޭދަފުށީ ޕޯސްޓް އޮފީހުން ބަލައިގަންނާނެއެވެ.  

 

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
11 އޮކްޓޫބަރު 2021
ހޯދާ