ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 މަގު ބައްތި ޖެހުމުގެ މަސައްކަތް

03 މަގު ބައްތި ޖެހުމުގެ މަސައްކަތް:

         ކައުންސިލުން 3 ބައްތި ދިނުމަށްފަހު އަމިއްލަ ތަކެތީގައި 3 ސަރަހައްދެއްގައި މަގު ބައްތި ޖެހުމަށް 3 ފަރާތުގެ އަގު ހޯދުމާއި ގުޅޭ.

 

މަސައްކަތުގެ އަގު ހުށަހެޅުމަށްދެވޭ މައުލޫމާތު

  1. ގއ ކަނޑުހުޅުދޫ ސަވޭރާ ގޯތީގެ ޖެހިގެން އިރުން އޮތް މަގުގައި 02 ބައްތި، ފެހިވިނަ ގޯތީގެ ޖެހިގެން ދެކޮނުގައިވާ މަގުގައި 01 ބައްތި ޖެހުން.
  2. ބައްތި ހަރުކުރުމަށް އަޅާ ކޮންކްރީޓް ބުޑުގައި ބިމުގެ އަޑިއަށާއި ފުޅާ މިނުގައި 2 ފޫޓް އިންނަންވާނެއެވެ. އަދި ކޮންމެ ބައްތިއެއް ހަރުކޮއްފައި ބަހައްޓަންވާނީ ކޮންކްރީޓް ބުޑުގެ މަތީގައި 18އެމް.އެމް ސްޓަޑު ހަރުކޮށް ބޮލްޓްކޮށްގެންނެވެ. ތިރީގައި މިވަނީ ބުޑުގެ ކުރެހުމެވެ.
  3. ފެހިވިނަ ގޯތީގެ ޖެހިގެން ދެކޮނުގައިވާ މަގުގައި ބައްތި ޖަހާނީ މަރުކަޒު ކުރިމަތީ މަގުގައި ޖަހާފައިވާ ބައްތިން ފެހިވިނަ ގޯތީގެ ދެކޮނުގައި އޮތް މަގުގައި ޖަހަންޖެހޭ ބައްތިއަށް މަގުކޮނެ ވައިރު އަޅައިގެންނެއެވެ.

 

          ވީމާ، މަތީގައި ދެންނެވިފައިވާ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހު 13:00 ށް މިމަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ.  

11 އޮކްޓޫބަރު 2021
ހޯދާ