ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި ހުރި ލައިޓް ޕޯސްޓްތަކަށް ކޭބަލްއެޅުން

މިކައުންސިލުން ކޭބަލް ދިނުމުން، ބަނދަރު ސަރަޙައްދުގައި ހުރި ލައިޓް ޕޯސްޓްތަކަށް ކޭބަލް އަޅައި، ލައިޓް ހަރުކޮށް އަދި ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޯބަރ 2021ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަފަހު، 17 އޮކްޓޯބަރ 2021ވާ އާދިއްތަ ދުވަހުގެ 11:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮކްޓޫބަރު 2021
ހޯދާ