ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ - ގަވަރމަންޓް ޓެކްނޮލޮޖީ ސްޓެކް

ގަވަރމަންޓް ޓެކްނޮލޮޖީ ސްޓެކް އިނީޝިއޭޓިވްގެ މަޤްސަދަކީ ސަރުކާރުން ފޯރުކޮށްދޭން ބޭނުންވާ އައު ހިދުމަތްތައް ފަސޭހަކަމާއި،

ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

މަޤާމް:

ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ / މާލެ، ދިވެހިރާއްޖެ

މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މަޤާމަށް އެދި ހުށަހަޅުއްވަންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 20 އޮކްޓޫބަރ 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު މިއޮފީހުގެ އީމެއިލް: [email protected] ފޮނުއްވުން އެދެމެވެ. އީމެއިލް ލިބުނުކަމުގައި ބަލާނީ މި އިދާރާއަށް އީމެއިލް ލިބިފައިވާ ގަޑިއެވެ.

މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

11 އޮކްޓޫބަރު 2021
ހޯދާ