ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ރަސްމީ ފާލަން މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިރަށު ބަނދަރު ރަސްމީ ފާލަން މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތު ކުރުމުގެ މަސައްކަތް ކޮއްދެއްވާނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިއަށް ހާޒިރުވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާއި އެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮކްޓޫބަރު 2021
ހޯދާ