އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް އިން މެޑިސިން

މަޤާމް :ކޮންސަލްޓަންޓް އިން މެޑިސިން
ބޭނުންވާ އަދަދު :1

އިއުލާން

 

     މި ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން މެޑިސިންގެ މަގާމުގައި (ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓުގައި) ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 1 (އެކެއް)

 މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 8 ގަޑިއިރު ހަފްތާއެކު 5 ދުވަހު (ރަސްމީ މަސައްކަތު ގަޑި)

މުސާރަ މަހަކު -/30990 ރުފިޔާ

 

ސަރވިސް އެލަވަންސް މަހަކު -/10200 ރުފިޔާ

 

  މުއްދަތު:    2 އަހަރު

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެތެރެހަށީގެ ބަލިތަކުގެ ފަރުވާހޯދުމަށް އަންނަ ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.
  2. އޯ.ޕީ.ޑީ ގައި އެތެރހަށީގެ ޙާއްސަ ބަލިމީހުންނަށް ފަރުވާ ދިނުމާއި، އެނދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ފަރުވާދިނުން.
  3. ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން.
  4. ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލިތައް ކުރުމަށް އެންގުމައި ކުރެވޭ ތަހްލީތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުމަށް އަދި ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  5. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވަކުރުމާއި ބަލިތަކުން ރައްކާތެރިުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތުބަދަލުވާގޮތް މޮނިޓަރކުރުން
  6. ބަލިމީހާގެ މެޑީކަލް މައުލޫމަތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން
  7. ވޯޑް ރައުންޑްސްގައި ބައިވެރިވެ، އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ ފަރުވާ ކުރިޔަށް ގެންދާނޭގޮތް ނިންމުން. އަދި އެހެނިހެން ޑޮކްޓަރުންނާއި މަޝްވަރާކޮށް ބަލީމީޙާއަސް އެންމެ އެކަށީގެންވާ ފަރުވާ ކަނޑައެޅުން
  8. ޑިޕާޓްމަންޓުގައި މަސައްކަތްކުޜަ މެޑިކަލް އޮފިސަރުންނަކީ އެތެރެހަށީގެ ތަފާތު ބަލިތަކާއި އަނިޔާތަކާއި އޭގެ ފަރުވާއަށް ރަނގަޅަށް އަހުލުވެރި އަދި ތައުލީމީ ގޮތުންނާއި މަސައްކަތުގެ މާހައުލުގަިއވެސް އިތުރަށް ގަބިލް ބަޔަކަށް ހެދުމަށް އަބަދުވެސް މަސައްކަތްކުރުން. މިގޮތުން ސީ.އެެމްއީ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި ޑިއުޓީގައި ހުންނަ ވަގުތު މެޑިކަލް އޮފިސަރުންނަށް އެހީތެރިވެދިނުން
  9. އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގައި އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ބަލިމީހުންގެ ފަރުވާއާގުޅޭގޮތުން ލަފާާދިނުމާއި އަދި ޚިދުމަތް ބޭނުންވެއްޖެ ހާލަތްތަކުގައި ކަނޑައެޅިފަިއވާ މުއްދަތަށް އެޚިދުމަތް ފޯރުކޮށްދިނުން
  10. ބަލިމީހުންނަށް ކުރިމަތިވާ ޚާއްސަ ސިއްހީ ހާލަތްތަކާއި ބަލިތަކުގެ އަސލު ދެނެގަތުމާއިބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއައި ރައްކާތެރިވުމާއިބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކުރުން
  11. އެނދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާދިނުމާއެކު އިތުރަށް ކުރަންވީ ކަންތައްތަކުގެ އިރުޝާދު ވޯޑުގައި މަސައްކަތްކުރާ މެޑިކަލް އެފިސަރުންނާއި ނަރުހުންނަށް ދިނުމާއި ބަލިމީހާގެ ހާލަތު އެވަގުތު ހުރިގޮތް ބަލިމީހާގެ އާއިލާގެ މެމްބަރުންނަށް ތަފްސީލްކޮށް ކިޔައިދިނުން.
  12. އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްކުގައާއި އާއްމު ހޭލުންތެރިކުރުމަށް ތައްޔާރުކުރުމަށް ތައްޔާރުކުރާ ޕްރޮގަރާމްތައް ރޭވުމުގައި ހިންގުމުގައި ބައިވެރިވުމާއި ސިއްހީ ޚިދުމަތުގެ ނިޒާމް ބައްޓަންކުރުމާއި އިތުރަށް ތަރައްގީކުރުމުގައި ބައިވެރިވެ ފަންނީ ލަފާދިނުން

 

މަޤާމުގެ ޝަރުތުތައް:  

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވިސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 އަހަރަށްވުރެ ކުރުނޫން އެމް.ޑީ / އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު،މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް  ކުރުމުގެ ހުއްދަ ލިބިފައިވުން.

 

 

  • ހާސިލްކޮށްފައިވާ ލީގަލް ދާއިރާއާއި ގުޅޭ ތައުލީމާއި ތަމްރީނަށް ބަލައިގެން
  • ލީގަލް ދާއިރާގައި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

 

 

ވީމާ، މި މަގާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 14 އޮކްޓޫބަރު 2021

ވާ ބުރާސްފަތި ދުވަހުގެ 13:00 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. (އެޓެސްޓްކޮށްފައިވާ)
  3. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
  4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
  5. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  6. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ. (އެޓެސްޓްކޮށްފައިވާ)
  7. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (އެޓެސްޓްކޮށްފައިވާ)
  8. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ލައިސަންސްގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ

ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

04 ރަބީއުލްއަޢްވަލް  1443

 10 އޮކްޓޫބަރު  2021

 

 

 

 

 

10 އޮކްޓޫބަރު 2021
ހޯދާ