މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ސްޓްރާޓާ ރެޖިސްޓްރޭޝަން އަދި މެނޭޖްކުރުމަށްޓަކައި ވެބްޕޯޓަލް އަދި ޑޭޓާބޭސް ޑިވެލޮޕްކުރާނެ ފަރާތެއް ހޯދުމަށް

  1. މިމިނިސްޓްރީގެ ސްޓްރާޓާ ރެޖިސްޓްރޭޝަން އަދި މެނޭޖްކުރުމަށްޓަކައި ވެބްޕޯޓަލް އަދި ޑޭޓާބޭސް ޑިވެލޮޕްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2.  ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 14 އޮކްޓޯބަރ2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 17 އޮކްޓޯބަރ 2021ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
  3.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 19އޮކްޓޯބަރ 2021ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

10 އޮކްޓޫބަރު 2021
ހޯދާ