ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށީ ކެމްޕަސްގެ 3 ބުރި ކިލާސްރޫމް ބުލޮކް، އޮޑިޓޯރިއަމް ބުލޮކް އިމާރާތުގެ މަރާމާތު މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށީ ކެމްޕަސްގެ 3 ބުރި ކިލާސްރޫމް ބުލޮކް، އޮޑިޓޯރިއަމް ބުލޮކް  އިމާރާތް ކުރިއިރު މަސައްކަތްކޮށްފައިވާ ގޮތުން އެއިމާރާތްބޭނުންކުރުމަށް ވަރަށްބޮޑަތި ބަދަލުތަކެއް ގެންނަންވަނީ ޖެހިފައެވެ. އެހެން ކަމުން މިގޮތުން ގެންނަންޖެހޭ ބަދަލުތަކާއި އިމާރާތުގެ އެކިއެކި ބައިތަކަށް ކުރަންޖެހޭ މަރާމާތުތައް މި ޔުނިވަރސިޓީއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ކުރުމަށް ހުޅުވާލަމެވެ.
  2. މީގެ އިތުރުން މިހާރު ހުރި އޮފީސްބުލޮކާއި 3 ބުރި ކިލާސްރޫމް ކޮޓަރި އާއި ދެ އިމާރާތު ދެމެދުގައި ދަތުރުކުރުމަށްއަދި ތަކެތި ގެންދިއުމަށް ވޯކް ވޭއެއް ހެދުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  3. މައިގަނޑު ކަންތައްތަކުގެތެރޭގައި ތިރީގައިވާބައިތައްހިމެނޭނެއެވެ. އިމާރާތުގެ ސެޓުލްމަންޓްކުރެކްތައްބެއްދުން، ކުޑަދޮރުތަކުގެތެރެއިން ބޭރަށްހުރި ކުޑަދޮރުތައް ޑަބަލް ގްލޭޒްޑްކުޑަދޮރަށްބަދަލުކުރުން، އެއަރކަންޑިޝަންތައް ފޮރުވުމަށްކުރަންޖެހޭ ކަންކަން ކުރުން، ބައެއް ފާރު ފުޅަޝްކުރުން، ރެސްޓޯރަންޓްގެމަރާމާތުތައް، ރެސްޓޯރަންޓްގެއެގްޒޯސްޓް ޑަކްޓްރަނގަޅުކުރުން، ކަރަންޓް ވައަރުތައް ރަނގަޅުކުރުން، ދޮރުތަކުގެ ތަޅުތައް ބަދަލުކުރުން، ކޮރިޑޯ ސީލިންގް މަރާމާތުކުރުން، ފުރާޅުގެ އިސްކުރުތައްބަދަލުކުރުން، ޓެރަސްމަރާމާތުކުރުން، ފަންކާތައް ބަދަލުކުރުން، އޮޑީޓޯރިއަމް ގެސީލިންގް ތިރިކުރުން، ޕްރޮޖެކްޓަރއަދި އެއަރކަންޑިޝަން ތިރިކުރުން، ޕްރޮޖެކްޓަރ ކޭބަލްތައް ރަނގަޅުކުރުން  އަދި ރެސްޓޯރަންޓް ކައިރީ 2 ފާހާނާހެދުމާއި އިތުރު މަރާމާތުތައްހިމެނެއެވެ.
  4. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 14 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) އަދި ހދ. ކުޅުދުއްފުށީ ކެމްޕަސްގައިއެވެ (އޮންލައިންކޮށް)
  5. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް 13 އޮކްޓޫބަރު ވާ ބުދަ ދުވަހުގެ 10:00 ގައި ބާއްވާ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  6. ބީލަން ހުށަހެޅުން އޮންނާނީ 31 އޮކްޓޫބަރު 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން " ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށީ ކެމްޕަސްގެ 3 ބުރި ކިލާސްރޫމް ބުލޮކް، އޮޑިޓޯރިއަމް ބުލޮކް  އިމާރާތައް ގެންނަންޖެހޭ ބަދަލުތަކާއި އިމާރާތުގެ އެކިއެކި ބައިތަކަށް ކުރަންޖެހޭ މަރާމާތުތައް މި ޔުނިވަރސިޓީއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ކުންފުނީގެ / ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  7. އިސްވެދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  8. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 19 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޔުނިޓްް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

 

10 އޮކްޓޫބަރު 2021
ހޯދާ