ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
މިސްކޫލްގެ ކްލާސްރޫމްތަކަށް ކަބަޑުސެޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މިސްކޫލް ގެ 12 ކުލާސްރޫމަށްކަބަޑުސެޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS171/IUL/2021/16 އިޢުލާނާއި ގުޅިގެން ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށައަޅަފައި ނުވާތީ އިޢުލާން ބާތިލްކޮށް، މިމަސައްކަތަށް ނަންނޯޓްކޮށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.   

އަންދާސީ ހިސާބު ބޭނުން ވެއްޖެ.

 

މި ސްކޫލްގައި ތިރީގައި މި ދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

 

  1. މިސްކޫލް ގެ ކުލާސްރޫމުތަކަށްކަބަޑުސެޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 10 އޮކްޓޫބަރު 2021ން 13 އޮކްޓޫބަރު 2021އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30އިން 14:00އަށް މިސްކޫލްގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓު ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 13 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

        ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ. 

މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 14 އޮކްޓޫބަރު 2021ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. 

 ބީލަންހުށަހެޅުމާއި ހުޅުވުންއޮންނާނީ 17 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 10:30ގައި ހުޅުދެލީ ސްކޫލުގެ ލައިބްރަރީގައެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެރުވޭނެއެވެ. 

      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ. 

      ހުޅުދެލީސްކޫލް

     ފޯން: 7952918

     އީމެއިލް އެޑްރެސް: [email protected]

10 އޮކްޓޫބަރު 2021
ހޯދާ