ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ބާއްވާ ރަށު އޮޑިޝަނަށް ދަންފަޅިއެއް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ރަށުން ނުވަތަ އަތޮޅުން ބޭރުގައި ރަޖިސްޓަރީ އޮތުމުގެ ސަބަބުން ފުރުޞަތު ނުދެވުނު ފަރާތްތަކަށްވެސް މިހާރު ފުރުޞަތު ދެވޭނެ ކަމަށް ރ.އަތޮޅު ކައުންސިލްގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާތީ، 2021 އޮކްޓޫބަރު 10 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:00 ން 21:30 އަށް އޮޑިޝަންގެ އިތުރު ދަންފަޅިއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިދަންފަޅިވެސް ކުރިއަށްދާނީ މަޑުއްވަރީ ސްކޫލްގައެވެ.
އެހެންކަމުން 2021 އޮކްޓޫބަރު 9 ވީ ހޮނިހިރު ދުވަހު ބޭއްވުނު އޮޑިޝަންގައި އެކިއެކި ސަބަބުތަކާހުރެ ބައިވެރިނުވެވުނު ފަރާތްތަކުންނާއި، ރަށުން ބޭރުގައި ރަޖިސްޓަރީވެފައިވުމުގެ ސަބަބުން ފުރުޞަތު ނުލިބުނު ފަރާތްތަކުން އަދި ރަށު އޮޑިޝަންގައި ބައިވެރިވާން ބޭނުންފުޅުވާ އެނޫންވެސް ފަރާތްތަކުން، މަތީގައި ބަޔާންކުރެވުނު ވަގުތުގެ ތެރޭގައި ސްކޫލަށް ވަޑައިގެން އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.