މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ މާލެ އަދި ހުޅުމާލެ ސައިޓުގައި ހުރި ބޭނުންކުރެވި ހަލާކުވެފައިވާ މެމްބްރޭން، ޕަންޕް އަދި އެހެނިހެން ތަކެތި ވިއްކާލުން

އެމް.ޑަބްލިޔު.އެސް.ސީ މާލެ އަދި ހުޅުމާލެ ސައިޓުގައި ހުރި ބޭނުންކުރެވި ހަލާކުވެފައިވާ މެމްބްރޭން، ޕަންޕް އަދި އެހެނިހެން ތަކެތި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 11:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގެ 7 ވަނަ ފަންގިފިލާއަށް ހާޟިރުވެލެއްވުމަށް އެދި ދަންނަވަމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމަތު ހޯއްދެވުމަށް، 3323209 / 7960022 ނަންބަރުން، ސޭލްސް ހޮޓްލައިން އަށް ގުޅުއްވުން އެދެމެވެ. 

ސޭލްސް ޑިޕާޓްމަންޓް

07 އޮކްޓޫބަރު 2021
ހޯދާ