ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މެޑިކަލް ލެބޯރެޓަރީ ޓެކްނޮލިޖިސްޓްގެ މަޤާމަށް މީހަކު ހޯދުމަށް

މަޤާމް :Medical Laboratory Technologist
ބޭނުންވާ އަދަދު :1

އިޢުލާނު

މަޤާމު:

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. ފީއަލީ ޞިއްޙީމަރުކަޒު  / ފ.ނިލަންދޫ

މުސާރަ:

6,295/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,500/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  3. މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކު ހަމަޖެހިފައިޥާ އުސޫލުން ރިސްކް އެލަވަންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޯ ޕީ ޑީ އާއި އައި ޕީ ޑީ އަށް އަންނަ ބަލިމީހުންގެ ސާމްޕަލްތަކާއި، އެހެން މުއައްސަސާތައް މެދުވެރިވެގެން އަންނަ ސާމްޕަލްތައް އައިޑެންޓިފިކޭޝަންތައް ޗެކްކުރުމަށްފަހު ބަލައިގަތުން.
  2. ކުރަންޖެހޭ ތަޚްލީލް ތަކުގައި ލަފާހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ، ބަލިމީހާއަށް އެންމެ ފުރިހަމައަށް ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުން.
  3. ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓްތައް ސްޓޭންޑަރޑް ޕްރޮސިޖާރ އާއި އެއްގޮތަށް ޕްރޮސެސް ކުރުމާއި، ޓެސްޓްތައް ފުރިހަމަ ކުރުމާއިއެކު، ރިޕޯރޓްތައް ގަޑިއަށް ތައްޔާރު ކުރުން.
  4.  ރެޖިސްޓްރީ ތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށްލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ޓެސްޓް ނަތީޖާއާއި، ބެހޭ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުން.
  5. ޚާއްޞަ ލެބޯޓްރީ ޓެސްޓްތައް ކުރުމާއި، ކުރެވޭ ޓެސްޓްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން.
  6. ލެބޯޓްރީގައި ކުރެވޭ ޓެސްޓް ތަކުގެ ކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި، ރެކޯޑްތައް ބެލެހެއްޓުމާއިއެކު ޖޫނިއަރ މުވައްޒަފުންނަށް ކަމުގެ ހުނަރު ދަސްކޮށް ދިނުން.
  7. މަޤާމުގެ ގޮތުންދަށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސްޕަވައިޒް ކުރުން.
  8. ލެބޯޓްރީގައި ކުރާ ޓެސްޓްތައް ކުރުމަށް ބޭނުން ކުރެވޭ ކޮންސިއުމަބްލްސް، ރިއޭޖެންޓްސް އާއި ކެމިކަލްސްގެ ސްޓޮކް ބެލެހެއްޓުމާއިއެކު އެއްވެސް އެއްޗެއް ހުސްވުމުގެ ކުރިންނާއި، އެކްސްޕަޔާ ވުމުގެ ކުރިން ދުވަސް އޮއްވާ އިސްފަރާތަށް އެންގުން (ނޯޓް: އެކަނި މަސައްކަތްކުރާ ނަމަ ދުވަސްއޮއްވާ ސެންޓްރަލް މެޑިކަލް ސަޕްލައިސްއަށް އޯޑަރުކޮށް ތަކެތި ހޯދުން)
  9. ލެބޯޓްރީގެ މަސައްކަތްކުރާ މާޙައުލު އެކުވެރިކޮށް ބޭއްވުމާއިއެކު ލެބޯޓްރީ ސާފުތާހިރުކޮށް ބޭއްވުމަށް މުވައްޒަފުންނަށް އަންގާ ބެލެހެއްޓުން.
  10. ލެބޯޓްރީގައި ބެހެއްޓިފައިވާ މެޝިންތަކާއި އިކްވިޕްމަންޓްތައް ޑެއިލީ މެއިންޓަނަންސް ހެއްދުމާއި، ހަފްތާއަކު އެއްފަހަރު ހަދަންޖެހޭ މެއިންޓަނަންސް ހެދިތޯ ބަލާ އޭގެ ރެކޯޑްތައް ބެލެހެއްޓުމާއި، މިއިން އެއްޗަކަށް ގެއްލުމެއް ވެފައިވާނަމަ އިސްފަރާތަކަށް އެންގުމާއިއެކު މިނިސްޓްރީ އޮފް ހެލްތްގެ ބަޔޮމެޑިކަލް އަދި ލެބޯޓްރީ ސަރވިސަސް އަށް އެންގުން.
  11. ލެބޯޓްރީއާއިމެދު ބަލިމީހުން/ ބަލަދުވެރިޔާ ނުވަތަ އެހެނިހެން ފަރާތް ތަކުން ކުރާ ޝަކުވާ ބަލާ ޙައްލު ކުރެވޭނަމަ ޙައްލުކޮށް އެކަން އިސްފަރާތަކަށް އެންގުން.
  12. ލެބޯޓްރީ އެސިސްޓެންޓުންނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓް ޓްރޭނިންނަށް ދާއިރާއާއި ގުޅޭ ތަމްރީނާއި ހުނަރު ދަސްކޮށްދީ ސްޕަވައިޒްކޮށް ބެލެހެއްޓުން.
  13. މިނިސްޓްރީ އޮފް ހެލްތް / ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ފޮނުވާ ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަމްރީންތައް ރާވާ ހިންގުމާއި، ފޮނުވާ މުވައްޒަފުންނަށް ދާއިރާއާއި ގުޅޭ ތަމްރީނު ދިނުން.

 

މަޤާމްގެ ނަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމްގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް، މަހަކު (ރުފިޔާ)

 

އެމް.އެސް. 2

  1. މަޤާމްގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމްގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

6295.00

2500.00

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް ސިވިލް ސަރވިސް ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ (14:00) ގެ ކުރިން، (ފ. ފީއަލީ ޞިއްހީމަރުކަޒު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،(21 އޮކްޓޯބަރ 2021) އާއި (26 އޮކްޓޯބަރ 2021) އާ ދެމެދު، (ފ. ފީއަލީ ޞިއްހީމަރުކަޒު) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6740632) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

 
06 އޮކްޓޫބަރު 2021
ހޯދާ