މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސްޕްލާންޓް އެޅުމާއި ބެހޭ

25 އަހަރު ދުވަހުގެ މުއްދަތަށް ފުނަދޫގެ މަސްމާރުކޭޓުގެ އިރުންއޮތް ބިމުން އައިސްޕްލާންޓެއް އެޅުމަށް 60 ފޫޓް ދިގު 40 ފޫޓް ފޫޅާ ބިމެއް، އަކަފޫޓަކަށް 70 ލާރިއަށްވުރެ ކުޑަނޫން އަގަކަށް ބިޑް އުޞޫލުން ދޫކުރުމަށް ގަޞްދުކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 އޮކްޓޯބަރ 14ވާ ބުރާސްފަތިދުވަހުގެ  11:00ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުން އޮންނާނީ 2021 އޮކްޓޯބަރ 21ވާ ބުރާސްފަތި ދުވަހު 11:00ގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑްބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540052 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

06 އޮކްޓޫބަރު 2021
ހޯދާ