މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެޝިނުން ގައު އެޅުމަށް ބިން ދޫކުރުމާއި ބެހޭ

މިރަށު ދެކުނުކޮޅު މިސްކިތްކައިރީގައި އޮތް ހުސްބިމުން 2000 އަކަފޫޓުގެ 2 ބިން،  އަކަފޫޓަކަށް 70 ލާރިއަށްވުރެ ކުޑަނޫންއަގަކަށް 1 އަހަރުދުވަހުގެ މުއްދަތަށް މެޝިން ބަހައްޓައިގެން ގައު އެޅުމަށްޓަކައި ދޫކުރުމަށް ކައުންސިލުންވަނީ ނިންމަފައެވެ. ބިންދޫކުރުމުގައި ހުށަހަޅާ އެންމެ ބޮޑު އަގަށް ( 100% އަގަށް) އިސްކަންދެވޭނެއެވެ.

ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށަހެޅުން އޮންނާނީ 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހު 10:00ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަގު ހުށަހަޅާނީ ލިޔުމުންނެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6540052 ފޯނާއި ގުޅުއްވުން އެދެމެވެ.

06 އޮކްޓޫބަރު 2021
ހޯދާ