މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ފޮއްދޫ " ކެވެލި " ގޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން

މިރަށު " ކެވެލި " އޭ ކިޔާ ބަންޑާރަ ގޯއްޗަށް ނ. އަތޮޅު އޮފީހުން ( ނ.އަތޮޅު ކައުންސިލް އިދާރާ) ހައްދައިދީފައިވާ ނަންބަރ  45، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އެގޯތީގެ ވެރިފަރާތުން މިއިދާރާއަށް ހުށައަޅާފައިވެއެވެ.

            ވީމާ، އެރަޖިސްޓްރީއާއި ބެހޭ މައުލޫމާތު ލިބިލައްވާފައިވާ ފަރާތެއްވާނަމަ، 2021 އޮކްޓޯބަރ 17ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13.00ގެ ކުރިން މިއިދާރާއަށް އެކަން އަންގަވައި ދެއްވުން އެދެމެވެ.

             ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

06 އޮކްޓޫބަރު 2021
ހޯދާ