މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ފޮއްދޫ " ހިލާލީގެ " ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން

ިރަށު " ހިލާލީގެ " ކިޔާ ބަންޑާރަ ގޯއްޗަށް ނ. އަތޮޅު އޮފީހުން ( ނ.އަތޮޅު ކައުންސިލް އިދާރާ) ހައްދައިދީފައިވާ ނަންބަރ 49 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އެގޯތީގެ ވެރިފަރާތުން މިއިދާރާއަށް ހުށައަޅާފައިވެއެވެ.

            ވީމާ، އެރަޖިސްޓްރީއާއި ބެހޭ މައުލޫމާތު ލިބިލައްވާފައިވާ ފަރާތެއްވާނަމަ، 2021 އޮކްޓޯބަރ 14ވާ ބުރާސްފަތު ދުވަހުގެ މެންދުރު ފަހު 13.00ގެ ކުރިން މިއިދާރާއަށް އެކަން އަންގަވައި ދެއްވުން އެދެމެވެ.

             ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

05 އޮކްޓޫބަރު 2021
ހޯދާ