ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުން

        މި ކައުންސިލް އިދާރާގެ 50ފުޓް 38 ފޫޓް ބިމެއްގައި، ބީއޯ ކިޔޫ ހިމަނައިގެން  ގްރައުންޑް ފްލޯއާއިއެކު 3 ބުރިއަށް ޢިމާރާތެއްކުރެހުމަށް ތަފުޞީލީ ކުރެހުމެއް ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން  

1- ޢިމާރާތް ކުރެހުމަށް ބޭނުންވާ މަޢުލޫމާތު ދިނުން އޮންނާނީ 2021 އޮކްޓޫބަރު 10 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރާއިގެ ޖަލްސާކުރާ މާލަމުގައެވެ. ބި ބައްދަލުވުމުގައި އޮންލައިކޮށް ބައިވެރިވުމުގެ ފުރުޞަތު ޒޫމް މެދުވެރިކޮށް ހުޅުވާލެވިފައިވާނެއެވެ. އޮންލައިންކޮށް ބައިވެރިވެލެއްވުމަށް ބޭންފުޅުވާފަރާތްތަކުން 10 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 9: ގެ ކުރިން އީމެއިލް އެޑްރެސް، ބައިވެރިވެލައްވާ ފަރާތުގެނަން އައިކާޑު ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު މި އިދާރައިގެ [email protected]     އީމެއިލަށް ފޮނުއްވުން އެދެމެވެ.

2- މި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނީ 14 އޮކްޓޫބަރު 2021 ވާ ބުރާސްފަތިދުވަހުގެ 11:00 ގެ ކުރިންނެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ [email protected] އީ މެއިލަށެވެ.

3- އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުންވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ އެވެ.    

އިތުރު މަޢުލޫމާތު  

  • މިމަސައްކަތަށް އަންދާސީ ހިސާބުގައި، ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ނަން،އެޑްރެސް،ގުޅެނެ ފޯނު ނަންބަރު،އީމެއިލް އެޑްރެސް) އަދި މަސައްކަތުގެ ޖުމުލަ އަގު އެނގެން އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން އާކިޓެކްޗަރކަމުގެ  ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކަށެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ބައިބެރިވެލައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
  • އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގައި މާރކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް  

އިންސައްތަ

ތަފުޞީލް

80%

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން)

 10%

މަސައްކަތުގެ ތަޖުރިބާ

10%

މަސައްކަތުގެ މުއްދަތު

 

 

   މި އިޢުލާނާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި  އިދާރައިގެ މޯބައިލް ނަންބަރު 9393603 އާއި ގުޅުން އެދެމެވެ.

                       27   ޞަފަރު 1443

                       05 އޮކްޓޫބަރު 2021

05 އޮކްޓޫބަރު 2021
ހޯދާ