ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ ވަށަފަރު ޞިއްހީމަރުކަޒުން ޙަވާލުކުރާ ލެބޯޓްރީ ސާންޕަލްތައް ހއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

          ހއ ވަށަފަރު ޞިއްހީމަރުކަޒުން ޙަވާލުކުރާ ލެބޯޓްރީ ސާންޕަލްތައް ހއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދޭނެ ފަރާތެއް

ހޯދުމަށް ބޭނުންވެއްޖެއެވެ

          އެހެންކަމުން ހުކުރު ދުވަސްފިޔަވާ ކޮންމެދުވަހަކު އެއްފަހަރު (ހުކުރުދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް 

އެމަރުކަޒަކުން އެދިއްޖެނަމަ) 6 މަސްދުވަހުގެ މުއްދަތަށް މި ދަތުރުތައް ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއެވެ.

          ވީމާ، މިކަން ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00އަށް 

ހއ. ވަށަފަރު ޞިއްޙީމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 13:00އަށް

އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއަކާއި 

ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާރޑް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ

ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު 

ސާފުކުރެއްވުމަށް 6500565 / 7707862 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

         އެހެންކަމުން މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

05 އޮކްޓޫބަރު 2021
ހޯދާ