މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިދާރާއަށް ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ އެވެ.

މަޤާމު

މަސައްކަތު (ގަބުރުސްތާން)

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުސާރަ

3500.00ރ (ތިންހާސް ފަސްސަތޭކަ) ރުފިޔާ

އެލަވަންސް

1500.00ރ (ފަނަރަސަތޭކަ) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ހިނަވާގެ ސާފުކޮށް ބެލެހެއްޓުން
  2. ވަޅުލާ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން
  3. ގަބުރުސްތާނުގެ ވަށައިގެންވާ މަގުތައް ކުނިކަހައި ބެލެހެއްޓުން
  4. ވަޅުލުމަށް ގެންގުޅޭ ސާމާނު ސާފުކޮށް ބެލެހެއްޓުން
  5. ހިނަވާގެއަށް ބޭނުންވާ ތަކެތި ހޯދުމުގައި ކައުންސިލާއި ގުޅިގެން މަސައްކަތްކުރުން
  6. ވަޒީފާގެ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

ޝަރުޠު

ލިޔަންކިޔަން ދަތުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.

ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީޚެއްގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑައެޅޭ ތަނާއި ތާރީޚް މި ވަޒީފާއަށް އެދޭ ފަރާތްތަކަށް މި އިދާރާ މެދުވެރިވެ އެންގޭނެއެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާފައިވާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއި އެކު، ހުށަހަޅަންޖެހޭ ލިއުންތައް، 2021 އޮކްޓޯބަރު 13 ވާ ބުދަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 0002 660 ފޯނާއެވެ.

04 އޮކްޓޫބަރު 2021
ހޯދާ