މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މަލްޓި ފަންކްޝަން ޕްރިންޓަރއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މަލްޓި ފަންކްޝަން ޕްރިންޓަރއެއް ސަޕްލައިކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުންއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2.  އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެކުރިން[email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
  3.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 17 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

04 އޮކްޓޫބަރު 2021
ހޯދާ