ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ހުކުރު މިސްކިތް ކުއްޔަށް ދިނުމާ ގުޅޭ

މިރަށު މަސްޖިދުއްސަލާމް ( ކުރީގެ ހުކުރުމިސްކިތް )  ދިގުމުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރު:  (IUL)260/260/2021/64 ( 17 އޯގަސްޓް 2021 ) އިޢުލާނުގައިވާ ޢިމާރާތާބެހޭ  ކުރެހުމުގެ މަޢުލޫމާތު ޝީޓާއި އެކު ދީފައިވާ 2 ކުރެހުމުގައި ހުރި މިންތައް އެއްގޮތް ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަޠު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 12 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ކުއްޔަށް ހިފާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑަ އެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް ކުއްޔަށް ހިފުމަށް އަގު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަގު ހުށަހަޅާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ. އަދި މައުލޫމާތު ފުރިހަމަނުވާ ލިޔުންތައް ބާތިލް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520039 ފޯނާ ގުޅުއްވުން އެދެމެވެ.

  

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ   

03   އޮކްޓޯބަރ  2021       

03 އޮކްޓޫބަރު 2021
ހޯދާ