މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
"ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް" އެއް ހޯދުން

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (LAMP: P172631)

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  ދިވެހިރާއްޖެ

ބިޑް ހުށަހެޅުމުގެ ދަޢުވަތު

ޕްރޮކިއުމަންޓް ރިފަރަންސް : MV-MOE-255485-GO-RFB

"ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް" އެއް ހޯދުމަށް އަލުން އިޢުލާން ކުރުން

ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ދަށުން "ޑިޖިޓަލް އިންޓަރެކްޓިވް އިންގްލިޝް ޕްލެޓްފޯމް" އެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/22/2021/94  (3rd June 2021)އިޢުލާނަށް ހުށަހެޅި ބިޑްތަކުގެ އަގުތައް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުކަމުގައި ވާތީ، އެއިޢުލާން ބާތިލްކޮށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މައުލޫމާތު ސާފުކުރުން:

މި ޕްލެޓްފޯމް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބިޑްތައް ބެލޭނެ މިންގަނޑު:

މި ޕްލެޓްފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވަރކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

ބިޑް އުޞޫލު:

މި ޕްލެޓްފޯމް ފޯރުކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުންކުރަން ޖެހިވަޑައިގަންނަވާ ބިޑް އުޞޫލު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  https://www.moe.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ބިޑް އުޞޫލު [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ބިޑް ހުށައެޅުން:

ބިޑް ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00އަށް ތިރީގައިވާ އެޑްރެހަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 30,000 ރުފިޔާ (ނުވަތަ 1،945 ޑޮލަރު) އާއެކު ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ބިޑް އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:

ޢާއިޝަތު ނީނާ - ޕްރޮޖެކްޓް ކޯޑިނޭޓަރ،

މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341160

އީ-މެއިލް: [email protected]

 

04 އޮކްޓޫބަރު 2021
ހޯދާ