ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖު އެމްޕުލޯއީމަންޓްގެ ދަށުން މުވައްޒަފަކު ހޯދުން

މަޤާމް:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

ބޭނުންވާ ޢަދަދު: 01

މަޤާމުގެ ބާވަތް:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމު އޮތް އޮފީސް:

ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ

މުސާރައާއި އެލަވަންސް:

އަސާސީ މުސާރައިގެ ގޮތުގައި މަހަކު 5,000.00 ރުފިޔާ (ފަސް ހާސް ރުފިޔާ)

ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނީ ކަނޑައެޅިފައިވާ އުޖޫރައެވެ. އިތުރުގަޑި ނުވަތަ އެއްވެސް އެލަވަންސެއް ނުދެވޭނެއެވެ.

ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކައުންސިލް އޮފިސަރު ނުވަތަ ސްޕަވައިޒަރު އަންގަވާ ގޮތެއްގެމަތިން ތިރީގައިވާ މަސައްކަތްތައް ކުރުން.

  1. ކައުންސިލްގެ ތަރައްޤީގެ ޕުލޭން އެކުލަވާލުމުގެ މަސައްކަތްކުރާ މުވައްޒަފުގެ ލަފާގެމަތިން ތަރައްޤިގެ ޕުލޭން ޑުރާފްޓް ކުރުމާއި، ޓެމްޕުލެޓަށް އަޅަންޖެހޭ ލިޔުންތައް އަޅައި ޑްރާފްޓް ކުރުން.
  2. އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްކުރާ މީހުންގެ ޙާޟިރީއާއި އެހެނިހެން ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  3. ކުނި މެނޭޖުކުރާ މަރުކަޒުގެ ސުޕަވައިޒަރުގެ ލަފާގެ މަތިން މުވައްޒަފުންގެ ސަލާމް ފޯމް، ޗުއްޓީއަށް އެދޭ ފޯމް ފުރައިދިނުމާއި، އެ ސެންޓަރުގެ މުވައްޒަފުންގެ ސަލާމް އަދި ޗުއްޓީ ރެކޯޑް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  4. ކައުންސިލްގެ އިދާރާއިން ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވަންޖެހޭ ސަރވޭ ފޯމްތަކަށް ބޭނުންވާ މަޢުލޫމާތު ހޯދައި ފުރިހަމަކުރުން.
  5. ކައުންސިލުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޔަވްމިއްޔާ ލިޔެ ބެލެހެއްޓުން.
  6. އޮފީހުގެ އެންޓްރީ ދުވަހުން ދުވަހަށް ( ޖެމްސް އަދި މެއިލް އިން ލިބޭ ލިޔެކިޔުން) އީ.ގަވަރމަންޓް ޕޯޓަލް އިން ބެލެހެއްޓުން.
  7. ކައުންސިލްގެ އިދާރާގެ ދުވަހުގެ ޔަވްމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  8. ކައުންސިލުން ބާއްވާ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި، ޕުރޮގްރާމްތަކުގެ ފޮޓޯނެގުން.
  9. ކައުންސިލްގެ އިދާރާއިން އެކިއެކި ކަންކަމާއި ގުޅިގެން ދޫކުރާ އެޕްލިކޭޝަން ފޯމްތައް ދޫކުރުމާއި ފޯމްތައް ބަލައިގަތުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސުކޫލް" ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، 'ސެކަންޑަރީ ސުކޫލް" ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސަނަދުތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފޯމު ނަޑެއްލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected]  އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 އޮކްޓޯބަރު 2021 އާއި 17 އޮކްޓޯބަރ 2021 އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

04 އޮކްޓޫބަރު 2021
ހޯދާ