މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 (IUL)MMPRC-PRO/1/2021/46 :ނަންބަރު                     

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް، މި ކޯޕަރޭޝަންގެ އައު ފަންގިފިލާގެ އިމާރާތަށް ބޭނުންވާ، އެއަރ ކޮންޑިޝަން ފޯރުކޮށްދިނުމާއި، އަމިއްލަ ތަކެތީގައި ހަރުކޮށްދިނުމާއި، މެއިންޓެނެންސްކޮށްދިނުމާއި އަދި ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް 28 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާން، ނަންބަރު (IUL)MMPRC-PRO/1/2021/43 ގެ މުއްދަތު ހަމަވެ މަޢުލޫމާތު ސާފުކުރެއްވުމަށް އެކަށީގެންވާ އަދަދަށް މީހުން ހާޒިރު ވެފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް، އެފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ،  މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޯބަރ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް (ހ.ޒޮނާރިއާ، 2 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޮކްޓޯބަރ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިއިޢުލާނާއެކު މި ފަންގިފިލާގެ ކުރެހުން އެއްއުރަކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 އޮކްޓޯބަރ 12 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 02:30 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ފާތިމަތު ރަހީލް

މަޤާމް: ޑިރެކްޓަރ

                    27 ޞަފަރު 1443

                    04 އޮކްޓޯބަރ 2021

04 އޮކްޓޫބަރު 2021
ހޯދާ