މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ  

މަޤާމުގެ ނަންބަރު:

J-332230

ބޭނުންވާ އަދަދު:

1    

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ / ކ. މާލެ

މުސާރަ:

-/8835

ސަރވިސް އެލަވަންސް:

-/2000

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ    %35
  • ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ        %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކްލައިމެޓް ޗޭންޖް ދާއިރާގެ ޢިލްމީ ހޯދުންތައް ރާއްޖޭގައި ކުރިއެރުވުމާއި، ޢިލްމީ ހޯދުންތައް އިތުރުކުރުމަށް ކަމާގުޅުންހުރި ދާއިރާތަކާއި ގުޅިގެން މަސައްކަތްކުރުމާއި މިކަމަށް މަގުފަހިކޮށްދިނުމާއި އަދި މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޑިޕާރޓުމަންޓުގެ ފަރާތުން ވިލަރެސްކޮށް ހިންގުން
  2. މިދާއިރާއާއި ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަމާއިގުޅުންހުރި ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާތައް ރާވާ ހިންގުމާއި މިކަމުގައި ޢަމަލީގޮތުން ބައިވެރިވުން
  3. ކުލައިމެޓްޗޭންޖުގެ ދާއިރާއިން ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ ހޯދުންތައް ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް ކުރިއަށް ރޭވޭ ޕްރޮގްރާމްތައް ރޭވުމުގައި ކުރިން ލިބިފައިވާ ފިލާވަޅުތައް ބޭނުންކުރުމާއި، މިފަދަ ކަންކަން ރައްޔިތުންނަށާއި ކަމާބެހޭ ފަރާތްތަކަށް ހާމަކޮށްނިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން
  4. މޫސުމަށް އަންނަ ބަދަލުތަކުގެ މަސްއަލަ ބައިނަލް އަޤްވާމީ ސަމާލުކަމަށް ގެނައުމުގައި ރާއްޖެއިން އަދާ ކުރާ ރޯލް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރުން.
  5. ޔޫ.އެން.އެފް.ސީ.ސީ.ސީ އަދި ޕެރިސް އެގްރީމަންޓު ފަދަ އެއްބަސްވުންތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާންޖެހިއްޖެ ޙާލަތުގައި ބައިވެރިވެ ރާއްޖެތަމްސީލުކޮށް ރާއްޖޭގެ ސިޔާސަތުތަކާއި އެއްގޮތަށް ވަކާލާތު ކުރުން
  6. މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ އ.ދ.ގެ ސައިންޓިފިކް ޕެނަލް އައި.ޕީ.ސީ.ސީ. އާއި ގުޅޭގޮތުން، ރާއްޖޭގައި ކުރަންޖެހޭ މަސައްކަތްތައް ކަމާއިބެހޭމުއައްސަސާތަކާއި ގުޅިގެން ކުރުން
  7. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޝްރޫއުތައް އަދި ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޑިޕާރޓުމަންޓުގެ ކަމާގުޅުންހުރި މުވައްޒަފުންނަށް އެއްބާރުލުން ދިނުން
  8. ދުނިޔޭގެ ތަފާތު ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސް ޢިލްމީ ގޮތުން ބަލައި، ރާއްޖޭގައި ނަކަލު ކުރެވޭނެފަދަ ކަންތައްތައް ރާއްޖޭގައި ނަކަލު ކުރެވޭނެ މަގުފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  9. މި ޑިޕާޓްމަންޓްގެ ދަށުން ހިންގޭ ކްލައިމެޓް ރިސާރޗް ޔުނިޓާއި ނެގޯސިއޭޝަންސް އެންޑް އައްޓް ރީޗް ޔުނިޓްގެ މަސައްކަތްތައް ހިންގާ ވިލަރެސްކުރުން
  10. ސެކްޝަންގެ ދަށުން ހުރި ޔުނިޓްތަކުގެ މަސައްކަތް ރާވައި ހިންގުން.‏

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ. 
  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު(ތައް):

އެޓްމޮސްފިއަރިކް ކެމިސްޓްރީ

އެޓްމޮސްފެރިކް ސައިންސް

ބަޔޯ ޑައިވާސިޓީ

ކެމިކަލް އިންޖިނިއަރިންގ

ކެމިސްޓްރީ

ސިވިލް އިންޖިނިއަރިންގ

ކްލައިމެޓޮލޮޖީ

ކޯސްޓަލް އިންޖީނިއަރިންގ

ކޯސްޓަލް ޒޯން މެނޭޖްމަންޓް

ކޮމްޕިއުޓަރ ސައިންސް

އިލެކްޓްރިކަލް އިންޖިނިއަރިންގ

އެނާޖީ އިންޖިނިއަރިންގ

އެނާރޖީ މެނޭޖްމަންޓް

އެނާރޖީ ޕޮލިސީ

އެންވަޔަރަންމެންޓަލް ކެމިސްޓްރީ

އެންވަޔަރަންމެންޓަލް އިކޮނޮމިކްސް

އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ

އެންވަޔަރަންމެންޓަލް މެނޭޖުމަންޓު

އެންވަޔަރަންމަންޓަލް ޕޮލިސީ

އެންވަޔަރަންމެންޓަލް ސައިންސް

އެންވަޔަރަމެންޓަލް ސްޓަޑީޒް

ޖިއޯމެޓިކްސް

ޖިއޮމެޓިކް އިންޖީނިއަރިންގ

ޖިއޯސްޕާޝިއަލް ސައިންސް

ޖިއޯޓެކްނިކަލް އިންޖިނިއަރިންގ

އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް

އިންޓަނޭޝަނަލް ރިލޭޝަންސް

މެރިން ބަޔޮލޮޖީ

މެރިން ކެމިސްޓްރީ

މެރިން އިކޮނޮމިކްސް

މެރިން އިންޖީނިއަރިންގ

މެރިން ސައިންސް

މެރިން ސަރވޭ

މެރިން ޓެކްނޮލޮޖީ

މެކޭނިކަލް އިންޖިނިއަރިންގ

މައިކްރޯބަޔޮލޮޖީ

ނެޗުރަލް ރިސޯސް މެނޭޖްމަންޓް

ޕްރޮޖެކްޓު މެނޭޖުމަންޓު

ކޮންޓިޓީ ސާވޭއިންގް

ސްޕާޝިއަލް ސައިންސް

ސްޓެޓިސްޓިކްސް

ސާވޭއިންގް އިންޖިނިއަރިންގް

ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް

އަރބަން ޕްލޭނިންގ

ވޯޓަރ އެންޑް ސެނިޓޭޝަން

ވޯޓަރ ކެމިސްޓްރީ

ވޯޓަރ އިންޖީނިއަރިންގ

ވޯޓަރ މައިކްރޯބައޮލޮޖީ

ވޯޓަރ ރިސޯސް މެނޭޖްމަންޓް

ވޯޓަރ ސައިންސް

ވޯޓަރ ޓެކްނޮލޮޖީ

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ނެތް

 

ކޯ ޑިސިޕްލިން(ތައް):

  • އެޓްމޮސްފިއަރިކް ކެމިސްޓްރީ
  • އެޓްމޮސްފެރިކް ސައިންސް
  • ކްލައިމެޓް ޗޭންޖް
  • ކްލައިމެޓް ސައިންސް
  • ކްލައިމެޓޮލޮޖީ
  • އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
  • އެންވަޔަރަންމަންޓަލް ޕޮލިސީ
  • އެންވަޔަރަންމެންޓަލް ސައިންސް
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެންވަޔަރަންމަންޓް

 

(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • އެންވަޔަރަންމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 
    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 
    (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮކްޓޯބަރ 13 ގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ،14 އޮކްޓޯބަރ 2021 އާއި 21 އޮކްޓޯބަރ 2021 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327،3018329 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

04 އޮކްޓޫބަރު 2021
ހޯދާ