ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ އިންފާރުރޭނުމާގުޅޭ

އިޢްލާން

 އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކައުންސިލުން ދެއްވާ މަޢުލޫމާތާއި، ކުރެހުމާ އެއްގޮތަށް ކުޑަކުދިންގެ ޕާކުގެ އިންފާރުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަވަމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

 

1 – ކުޑަކުދިންގެ ޕާކުގެ އިންފާރާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 2021 އޮކްޓޯބަރ 10 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

2 – އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 އޮކްޓޯބަރ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

3 – ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ  1 އަންދާސީ ހިސާބެވެ.

 އިތުރު މަޢުލޫމާތު

- މި އިޢްލާނާ ގުޅިގެން  އަންދާސީ  ހިސާބު  ހުށަހެޅޭނީ  ވިޔަފާރި  ރަޖިސްޓްރީ  ކޮށްފައިވާ  ފަރާތްތަކަށެވެ.

- މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކާއި،ކަނޑައެޅިފައިވާ ގަޑިގެފަހުން ހުށަހަޅާ އަންދާސީ  ހިސާބު ބަލައިނުގަނެވޭނެއެވެ.

-  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި،އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެގޭ ލިޔުމެއް ހުށަހަޅާންވާނެއެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން )

60%

ހުށަހަޅާފައިވާ މުއްދަތަށް (އެންމެ ކުރު މުއްދަތު ބެންޗްމާކުކަމުގައި ބަލައިގެން)

25%

ތަޖުރިބާ ( ވޭތުވެދިޔަ 5 އަހަރުގައި މިބާވަތުގެ މަސައްކަތް މުއްދަތަށް ކޮށްފައިވާކަމަށް

ސަރުކާރުގެ އިދާރާއަކުން ދީފައިވާ 5 ލިޔުން ހުށަހަޅާފައިވާނަމަ % 10 )

10%

ޕްރޮފައިލް ( ތަޢާރަފަށް % 3 )

       (މަޤްޞަދަށް % 2 )

5%

 އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. އަންދާސީ ހިސާބު

ށ. ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ

ނ. ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ

 ވީމާ،  މިކަން ޢާއްމުކޮށް އިޢްލާން ކުރީމެވެ.

03 އޮކްޓޫބަރު 2021
ހޯދާ