ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުން

އެއްގަމުގައި ދުއްވާ އިންޖީނުލީ ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ބޭނުންވެއްޖެއެެވެ.

 

ބޭނުންވާ ޢަދަދު: 2 ( ދޭއް )

ޝަރުތު :

  • ލިޔަންކިޔަން އެގުން
  • ހެވީވެހިކަލް (D, E, V, V1) ކެޓެގަރީ ދުއްވުމުގެ ލައިސަންސް އޮތް މީހަކު ކަމުގައިވުން
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
  • ފާއިތުވި ފަސް އަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.(3މަސް ހަމަނުވާ ޕޮލިސްރިޕޯޓް)
  • ދެ (2) އަހަރު ވެފައިވާ ހެވީވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ އުޅަނދަކަށް -/50ރ (ފަންސާސް ރުފިޔާ) ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 21 އޮކްޓޯބަރ 2021 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

04 އޮކްޓޫބަރު 2021
ހޯދާ