ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު މައްޗަށްވާ ގޮތަށް ހުރި ފަނާއި ގޮފިތައް އަދި ހައްދާފައިވާ ގަސްތައް ނެގުމާއި ގުޅޭ

ނަންބަރ: 254/254/2021/46(IUL)

އިޢުލާން

                          

މަގު މައްޗަށްވާ ގޮތަށް ހުރި ފަނާއި ގޮފިތައް އަދި ހައްދާފައިވާ ގަސްތައް ނެގުމާއި ގުޅޭ

 

މިއިދާރާގެ ނަމްބަރ: 254/254/2021/45(IUL)  އިޢުލާންއާއި ހަވާލާދީ ދަންނަވަމެވެ. ބައެއް ފަރާތްތަކުން ގޯތި ތެރޭގައި ހައްދާ ރުއް ގަހުން ގޮތްޕާއި ފަން ތިރިވެފައި ހުރުމާއި މަގުތަކުގައި ހުރި ގަސްތަކާއި ކައްތިތަކުގެ ސަބަބުން، ޞިއްޙީ މަރުކަޒުގައި ބަލިމީހުން އުފުލުމަށް ބޭނުންކުރާ އެމްބިއުލާންސާއި އެހެނިހެން ވެހިކަލް ދުއްވުމަށް ދަތިތަކާއި ކުރިމަތިވުމާއި އަދި މަގު ބައްތިތަކުގައި ފަނާއި ގޮފި ކޭތުމުގެ ސަބަބުން ބައްތިތަކަށް ގެއްލުންވަމުން ދެއެވެ. މީގެ އިތުރުން މަގުތަކުގައި ގަސްބޯވުމުގެ ސަބަބުން މަގު ބައްތިތަކުން މަގުތަކަށް ލިބެންވާ އަލި ނުލިބޭކަން ފާހަގަކުރެވެއެވެ. އެގޮތުން ގޭގޭގައި މަގަށްވާގޮތަށް ހުރި ގަސްތައް މަގުމަތީގެ ޤަވައިދުގައިވާގޮތަށް 12 ފޫޓު އުސްމިނުން ކޮށުމަށް ދަންނަވަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަން 17 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ ކުރިން އިސްލާހުކުރުމަށް އެދި އާންމުކޮށް އިއުލާންކުރީމެވެ. 

 03 އޮކްޓޯބަރ   2021                          

03 އޮކްޓޫބަރު 2021
ހޯދާ