އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ އާއި ފެނުގެ ހިދުމަތާއި ގުޅިގެން ޝަކުވާ ހުށަހެޅުން

މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/355/2021/33 (25 އޮގަސްޓް 2021) އިއުލާނާ ހަވާލާދީ ދަންނަވަމެވެ.

ނަރުދަމާ އާއި ފެނުގެ ހިދުމަތް ގޭގެއަށާއި އިންސްޓިޓިއުޓްތަކަށް (ރަށުގައިހުރި ދައުލަތުގެ މުއައްސަސާތަކަށް) ގުޅައި ދިނުމަށް އެދޭ ފޯމް 24 އޮގަސްޓް 2021 އިން ފެށިގެން 23 ސެޕްޓެމްބަރު 2021 ދުވަހުގެ 14:00 ގެ ނިޔަލަށް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތު 30 ސެޕްޓެމްބަރު 2021 ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެހެންކަމުން، "ފެނުގެ ހިދުމަތަށް ނުވަތަ ނަރުދަމާގެ ހިދުމަތް" އާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ. 

03 އޮކްޓޫބަރު 2021
ހޯދާ