ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ ކޮންޒަލްޓަންޓެއް ހޯދުން

އިޢުލާން

ޕްލޭނިންގ ކޮންޒަލްޓަންޓެއް ހޯދުން

         ވ.ފުލިދޫ ކައުންސިލުން، ވ.ފުލިދޫއާއި، ވ.ފުލިދޫގެ އިހްތިޞާސްގެ ތެރޭގައިވާ ހުރިހާ ސަރަހައްދެއް ހިމެނޭގޮތުން، ތަރައްޤީ ކުރުމައްޓަކައި، ޕްލޭނިން ކޮންޒަލްޓަންޓެއް ހޯދަން ބޭނުންވެއެވެ. ކޮންޒަލްޓޭޝަންގެ މަރުޙަލާކުރިއަށް ދާނީ، ހުށައަޅާ "ސްޓޭޓްމަންޓްސް އޮފް ކޮލިފިކޭޝަންސް" އާއި ހުށައަޅާ ޕްރޮޕޯސަލްއަށް ބަލައި ހޮވޭ ފަރާތާއި މިކައުންސިލާއި ދެމެދު ހެދޭ "ޕްރޮފެޝަނަލް ސާވިސް އެގްރީމެންޓް" އެއްގެ ދަށުންނެވެ.

 1. ކައުންސިލުން ކޮންޒަލްޓޭޝަން ހޯދާ މައިގަނޑު ބައިތައް

ހ. ރަށުގެ ބިނާވެށި ޕްލޭން ރިވިއުކޮށް އެކުލަވާލުން.

 

ބިނާވެށި ޕްލޭން އެކުލަވާލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

 

(1) ޤާނޫނު ނަންބަރު:(2010/07)، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ޤާނޫނު"ގެ ދަށުން ރަށުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ މޫދާއި، ފަޅާއި، ފަރުތަކާއި، ގިރިތަކާއި، ހާތައް އަދި މިނޫންވެސް ތަންތަން ހިމެނުން

(2) "ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ޤަވާޢިދު" ގައި ކަނޑައެޅިފައިވާ މިންގަޑުތަކަށް

(3) މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ވެބްސައިޓް ގައި  ޝާޢިޢުކޮށް ފައިވާ "ލޭންޑް ޔޫސް ޕްލޭން ލެޖެންޑް- ގައިޑް 3" ގައިވާ ކަންކަން

(4) މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ވެބްސައިޓް ގައި  ޝާޢިޢުކޮށް ފައިވާ "ޕްލޭންކުރާ އިދާރާތަކުން(ކައުންސިލްތަކުން) ބިނާވެށި ޕްލޭން ތައްޔާރުކުރުމުގައި ޢަމަލުކުރާނެގޮތް(ޕްރޮސެސް)" ގައި ހިމަނުއްވާފައިވާ ކަންކަން

 

ށ. 5 (ފަހެއް) އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން

ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

(1) ޔޫ.އެން.ޑީ.ޕީ.އިން 2030 ހަށް ކަނޑައަޅާފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްތައް

(2) ދިވެހި ސަރުކާރުން އެކުލަވާލާފައިވާ، "ސްޓްރެޓެޖިކް އެކްޝަން ޕްލޭން"

(3) ޤާނޫނު ނަންބަރު:(2010/07)، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ޤާނޫނު" ގެ "ހަތަރުވަނަ ބާބު"، 22. ވަނަ މާއްދާ " ރަށުކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް" އަދި

 23. ވަނަ މާއްދާ "ރަށު ކައުންސިލުން ދޭ ރައްވެހިކަމުގެ ޚިދުމަތްތައް" މި ދެމާއްދާގައިވާ ކަންކަމާއި އަދި މިނޫނަސް އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ކައުންސިލުން ފޯރުކޮށް ދިނުމަށް ލާޒިމްކުރެވިފައިވާ ކަންކަން

(4) ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައި، ޝާއިޢުކޮށްފައިވާ "ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް"

 

ނ. 5 (ފަހެއް) އަހަރު ދުވަހުގެ ފައިނޭންޝަލް ޕްލޭން

ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފޯމެޓަކަށް، ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ޕްރޮޕޯސް ކުރާ ފޯމެޓަށް ހެދުން

2. ތަޞައްވަރުކުރުމާއި (ވިޝަނިން) އަދި ޕްލޭނިން މަރުހަލާ

     މި މަރުހަލާ ވާންވާނީ ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންނާއި، ސަރުކާރުގެ އިދާރާތަކާއި، އެހެނިހެން ސްޓޭކްހޯލްޑާސް ބައިވެރިކުރެވި، ބިން ބޭނުން ކުރެވޭނެ ތަފާތު ގޮތްތަކާއި ( އޯލްޓަނެޓިވްސް ފޯ ލޭންޑް ޔޫސް)، ހުސް ޖާގަތަކާއި (އޯޕަން ސްޕޭސް)، ދަތުރުފަތުރާއި (ޓްރާންސްޕޮޓޭޝަން) އަދި ކޮމިއުނިޓީ ޑިޒައިން ޕަބްލިކުން ފުޅާ ދާއިރާއެއްގައި ވަޒަންކުރެވޭނޭ ޖާގަ ލިއްބައިދޭ މަރުހަލާއަކަށެވެ. ވ.ފުލިދޫގައި ހެދިގެންދާ ބިނާވެށި ޕްލޭނާއި، ތަރައްޤީގެ ޕްލޭން އަދި ފައިނެންޝަލް ޕްލޭން ތަކުގެ ނަތީޖާ އަކަށް ވާންވާނީ، ރަށުގެ މުޖުތަމަޢުގެ ދިރިއުޅުން (ކޮމިއުނިޓީ ކެރެކްޓަރ) މިހާރައްވުރެ ރަނގަޅަށް ބައްޓަން ކުރެވޭ އަދި ދިރާސާ ހެދޭ ސަރަހައްދު  މާކެޓްކުރުމާއި، އިޤްތިޞާދީ ތަރައްޤީ (އިކޮނޮމިކް ޑިވެލޮޕްމަންޓް) އާއި އަދި ކެޕިޓަލް ޕްލޭނިންން ޓޫލް އަކަށް ބޭނުން ކުރެވޭ މިންވަރުގެ ތަޞައްވުރަކާއި، ޕޮލިސީ ފްރޭމްވޯކެއް އެކުލަވާލުމެވެ.

3. ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލް އަދި ޕޮއިންޓްދެވޭނެގޮތުގެ މިންގަނޑުތައް:

ހ. ސްޓޭޓްމަންޓްސް އޮފް ކޮލިފިކޭޝަންސް: ( އިންސައްތަ)

ށ. ޕްރޮޖެކްޓް ޕްރޮޕޯސަލް : %20 ( އިންސައްތަ)

ނ. ކޮންސަލްޓަންޓް ހުށަހަޅާ ޕްރޮޖެކްޓް އެޕްރޯޗް: %5 ( އިންސައްތަ)

ރ. މެނޭޖްމަންޓް ޕްލޭން : %5 ( އިންސައްތަ)

ބ. މަސައްކަތުގެ ތާވަލު(ޝެޑިއުލް) : ( އިންސައްތަ)

ޅ. ޕްރޮޖެކްޓްގެ އަގު : (އެންމެކުޑައަގު ބެންޗް މާރކްކަމުގައިބަލައިގެން) %50 ( އިންސައްތަ)

4. ކޮންޒަލްޓަންޓް ހޮވުމުގައި ޢަމަލުކުރެވޭނޭ ގޮތް

        ކޮލިފިކޭޝަން ތަކާއި، ކޮންސަލްޓިން ޕްރޮޕޯސަލްސްތައް، ވަޒަން(އެވަލުއޭޓް) ކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ދެ ފިޔަވަޅުގެ މަރުހަލާގެތެރޭގައެވެ.

ހ. ކައުންސިލަށް ބަލައިގަންނާނީ އަދި ވަޒަންކުރާނީ ކަމާގުޅޭ ރަސްމީ އިދާރާތަކުން ހުއްދަދެވިފައިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ތަކެވެ. ދެވަނަ ފިޔަވަޅަށް ދަތުރުކުރާނީ "އިވަލުއޭޝަން ކޮމިޓީ" އިން ހޮވާ ފަރާތްތަކެވެ.

ށ. ހޮވޭ ފަރާތްތަކާއި،  އިވަލުއޭޝަން ކޮމިޓީއާއި ދެމެދު ޕްރޮޕޯސަލް ކޮންފާމްކުރުމައްޓަކައި އަދި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމަށް އިންޓަވިއުއެއް ބޭއްވޭނެއެވެ. އިންޓަވިއުއަށް ފަހު ހުރިހާފަރާތްތައް ރޭންކު ކުރެވިގެން ދާނެއެވެ. ކައުންސިލާއިއެކު އެއްބަސްވުން ހަދަން ވާހަކަ ދެކެވޭނީ،އެންމެ ފުރިހަމަ އަދި އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށައަޅާ އެންމެ މަތީން ޕޮއިންޓްލިބޭ ފަރާތްތަކާއި މެދުގައެވެ. އެންމެ މަތީން ޕޮއިންޓްލިބޭ ފަރާތާއި އެކު އެއްބަސްވުމަކަށް އާދެވޭގޮތް ނުވެއްޖެނަމަ، ދެވަނައަށް، އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތާއި، ކައުންސިލާއި ދެމެދު، އެއްބަސްވުން އެކުލަވާލުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެއެވެ. ކައުންސިލާއި، ކޮންސަލްޓަންޓަކާއި ދެމެދު އެއްބަސްވުމެއް އެކުލަވާލެވެންދެން މި މަރުހަލާކުރިއަށް ދާނެއެވެ.

5. ލިޔެކިޔުންތައް ހުށައަޅާނޭ ގޮތް

(3.) ނަމްބަރުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް، އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ސީދާ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް އިދާރާއަށް ހުށަހެޅިދާނެއެވެ. މިގޮތުން:

ހ. އީމެއިލްގެ ޒަރިއްޔާއިން ހުށައަޅާނީ ކައުންސިލްގެ މެއިލް އެޑްރެސް ([email protected])  އަށެވެ.

ށ. ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއަށް ހުށައަޅާނަމަ އަންނަނިވި ތަކެތި ހުށައަޅަންވާނެއެވެ.

(1) ހުށައެޅުމުގެ ހާޑް ކޮޕީ

(2) ވަޒަންކުރުމުގެ (އެވަލުއޭޓް) ކުރުމުގެ ބޭނުމަށް، ސޮފްޓް ކޮޕީ ޑިސްކެއްގައި ނުވަތަ ޔޫ.އެސް.ބީ ޑްރައިވް އެއްގައި

6. ކޮންފަރަންސް އަދި ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚް

ޕްރޮޕޯސަލްތައް ހުށައެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރިކުއަޔަމަންޓްސްތައް ދޭހަވިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި، ޝައުޤުވެރިވާ ފަރާތްތަކުގެ ސުވާލުތައް ([email protected]) ޒަރިއްޔާއިން ބަލައިގަނެވޭނެއެވެ. މިގޮތުން ހުރިހާ ސުވާލުތަކެއް 5 އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން ފޮނުވާން ވާނެއެވެ.

 އަދި މީގެ އިތުރުން:

މަޢުލޫމާތު ދިނުމައްޓަކައި ޕްރީ ސަބްމިޓަލް ކޮންފަރަންސެއް، 6 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ މެއިލްތަކަށް ރިކުއެސްޓް ފޮނުވާލުމުން، އެ އިންތިޒާމް ކައުންސިލްގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން، (3.) ނަންބަރުގައިވާ ލިޔެކިޔުންތައް 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މި ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

                       26 ޞަފަރު 1443

                       03 އޮކްޓޫބަރު 2021

03 އޮކްޓޫބަރު 2021
ހޯދާ