މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެރައިސް ގެ ދަށުން ހިންގާ ސޯލާ ޕީ.ވީ. މަޝްރޫޢޫ ތަކަށް 3D އެނިމޭޓަޑް ކޮންސެޕްޓް މޮޑެލްސް ތައްޔާރު ކުރުން

މި އިޢުލާންވަނީ 27 ޑިސެންބަރު 2021 09:56 ގައި ބާތިލް ކުރެވިފައެވެ.


އެކްސެލަރޭޓިންގ ރިނިޔުއަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓް

TF-B4305 ގްރާންޓް ނަންބަރު:

ނަންބަރު: (IUL)438/1/2021/44

ތާރީޙް: 03 އޮކްޓޯބަރ 2021

އެރައިސް ގެ ދަށުން ހިންގާ ސޯލާ ޕީ.ވީ. މަޝްރޫޢޫ ތަކަށް 3D އެނިމޭޓަޑް ކޮންސެޕްޓް  މޮޑެލްސް ތައްޔާރު ކުރުން


 އެކްސެލަރޭޓިންގ ރިނިޔުއަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ޚަރަދުތަކަށް ވާރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭއެހީގެބައެއް ޕްރޮޖެކްޓްގެ ގެ ދަށުން ހިންގާ ސޯލާ ޕީ.ވީ. މަޝްރޫޢޫގެ ކޮންސެޕްޓް މޮޑެލްސް ތަކަށް 3D އެނިމޭޝަން ތައްޔާރު ކުރަން ޚަރަދުކުރުމަށް ވަނީ މިޕްރޮޖެކްޓުން ނިންމާފައެވެ.

މި މަސައްކަތުގެ މައިގަޑު މަޤްސަދަކީ މަސައްކަތް ޙަވާލުކުރާ ފަރާތުން ފޯރުކޮށްދޭ މަޢުލޫމާތުތަކާއި އެއްގޮތަށް ޕްރޮޖެކްޓްގެ ގެ ދަށުން ހިންގާ ސޯލާ ޕީ.ވީ. މަޝްރޫޢޫގެ ކޮންސެޕްޓް މޮޑެލްސް ފާހަގަވާނެހެން 5 – 7 މިނެޓުގެ 3D އެނިމޭޓަޑް ވީޑިއޯއެއް ތައްޔާރުކުރުމެވެ. މި ވީޑިއޯގައި ސޯލަރ މައުންޓިންގ ސްޓްރަކްޗަރ ތަކާއި، ފްލޯޓިންގ ސޯލާ ޕްލެޓްފޯމް އަދި އެހެނިހެން މައުންޓިންގ ސްޓްރަކްޗަރ ތަކުގެ ޑިޒައިން ތައް ހިމަނަން ވާނެއެވެ. މި ވީޑިއޯ އުފެއްދުމުގައި މިކަހަލަ މަސައްކަތްތައް ކުރުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ އިކުއިޕްމަންޓް އާއި ސޮފްޓްވެއަރ އަދި މިކަމަށް ޤާބިލް އަދި އުފެންދުންތެރި މަސައްކަތްތެރިން ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • މިދާއިރާއިން މަސައްކަތް ކުރުމުގެ ޕްރޮފެޝަނަލް ތަޖުރިބާ ހުރުން.
  • މި ބާވަތުގެ މަސައްކަތް ކުރުމުގެ މަދުވެގެން 5 އަހަރުގެ ޤައުމީ އަދި/ނުވަތަ ބައިނަލްއަޤުވާމީ މަސައްކަތު ތަޖުރިބާ ހުރުން.
  • ބެޗްލާރސް ޑިގްރީ އިން މަލްޓިމީޑިއާ.

މިމަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވޯރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެއުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހު މާލެ ގަޑިން 13:00 އަށް މި އޮފީހުގެ ޖަލްސާކުރާ މާލަމަށް (ގަރައުންޑް ފްލޯ އޮޑިޓޯރިއަމް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުން:

14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހު މާލެ ގަޑިން 13:00 އަށް މި އޮފީހުގެ ޖަލްސާކުރާ މާލަމަށް (ގަރައުންޑް ފްލޯ އޮޑިޓޯރިއަމް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މި މަސައްކަތުގެ ވޯރކް ޕްލޭން އާއި އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކީގައި ޝާއިޢު ކުރެވިފައިވާ މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

އެރައިސް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019217

އީމެއިލް: [email protected]

03 އޮކްޓޫބަރު 2021
ހޯދާ