ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ކުޑަކުދިންގެ ޕާރކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،

ހިންނަވަރު، ދިވެހިރާއްޖެ.

އިޢުލާން

 

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ކުޑަކުދިންގެ ޕާރކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

                  ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  ވީމާ، މި އިޢުލާނާއިއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 11:00 އަށް ހިންނަވަރު ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  އަންދާސީ ހިސާބު ހުށަހަޅާނީ މި އިޢުލާނާއިއެކު އެޓޭޗްކޮށްފައިވާ "އަންދާސީ ހިސާބު ހުށަހަޅާ ފޯމް" ގައެވެ.

                  މި މަސައްކަތާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް، 06 އޮކްޓޯބަރ 2021ވާ ބުދަދުވަހުގެ 11:00ގައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހިންނަވަރު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

                މަސައްކަތް ޙަވާލުކުރެވޭނީ ތިރީގައި ބަޔާންކޮށްފައިއެވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

އެންމެ މަތިން ދެވޭނެ ޕޮއިންޓް

އަންދާސީ ހިސާބު މިންކުރުމުގައި ޕޮއިންޓްދެވޭނެ ކަންތައްތައް

#

70

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަށް

1

20

މަސައްކަތް ނިންމޭނެ މުއްދަތު

2

5

ތަޖުރިބާ އާއި ޤާބިލްކަން

3

5

އަންދާސީ ހިސާބުގައި މަޢުލޫމާތު ފުރިހަމަކޮށްފައިވާ ފެންވަރަށް

4

* ކޮންމެ ހުށަހެޅުމަކީ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިއެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައި ވާންޖެހޭނެއެވެ.

* ފަންނީ ތަޖުރިބާއާއި ޤާބިލުކަމަށް ޕޮއިންޓް ދެވޭނީ އެއިންކަމެއް ސާބިތުކޮށްދެވޭފަދަ ޞައްޙަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އެ ލިޔުންތަކުގެ ނިސްބަތުން.

* އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ފޯމް ބަލައެއް ނުގަނެވޭނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.  

23 B1443       

                   03 އޮކްޓޯބަރ 2021

 

03 އޮކްޓޫބަރު 2021
ހޯދާ