މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިލާ ބިލްޑިންގ 1 ގެ ހުސްވެފައިވާ އޮފީސްބައި ކުއްޔަށްދިނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ތިރީގައި މިދަންނަވާ އޮފީސްބައި، އަކަފޫޓަކަށް -/25 (ފަންސަވީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ފިލާ ބިލްޑިންގ 1 ގެ 6 ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް

2. މި ބައި ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 2021 އޮކްޓޫބަރު 3 ން 2021 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:https://forms.gle/umqUFdbZQ7c7gQh39 

3. މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި -/15,000 (ފަނަރަހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 2021 އޮކްޓޫބަރު 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.

6. ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމާއި އުޞޫލް މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ

  މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

  ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

  ފޯން: , 33411933341194

  އީ-މެއިލް: [email protected]

  ކޮޕީ-މެއިލް[email protected]

03 އޮކްޓޫބަރު 2021
ހޯދާ