މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިއުލާން

 

            (IUL)MMPRC-PRO/1/2021/44 :ނަންބަރު                                   

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ވިޝުއަލް މާކެޓިންގ މެޓީރިއަލްސް (ގްރެފިކްސް، އެނިމޭޝަން، ވީޑިއޯ އަދި އިންޓަރއެކްޓިވް ގްރެފިކްސް) ފަދަ ތަކެތި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ތައްޔާރުކޮށްދޭނެ ފަރާތެއް  ހޯދުމަށް 29 އޯގަސްޓް 2021 ގައި ކޮށްފައިވާ، ނަންބަރު (IUL)MMPRC-PRO/MMPRC/2021/33 އިއުލާނުގެ "ސްކޯޕް އޮފް ވޯކަށް" އައި ބަދަލުތަކަކާ ގުޅިގެން އެ އިޢުލާން ބާތިލްކޮށް، އެފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޫބަރު 10 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2021 އޮކްޓޫބަރު 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގެ، ކުރިން މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ދެވަނަ ފަންގިފިލާ)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 އޮކްޓޫބަރު 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސަބްޖެޓް:       ޓު ހަޔަރ އަ ކްރިއޭޓިވް އޭޖެންސީ (To hire a creative agency)

އީމެއިލް އެޑްރެސް: [email protected] copy to [email protected]

ނަން:          ފާތިމަތު ރަޙީލް

މަޤާމް:         ޑިރެކްޓަރ

       26  ޞަފަރް   1442

       03  އޮކްޓޫބަރު  2021

 

03 އޮކްޓޫބަރު 2021
ހޯދާ