އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
14 ސީޓްގެ ލަގްޒަރީ ވޭންއެއް ކުއްޔަށް ހިފުމަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މި ކުންފުނީގެ ސީޕްލޭން އޮޕަރޭޝަން ތަކުގައި ބޭނުން ކުރުމަށް 14 ސީޓްގެ ލަގްޒަރީ ވޭނެއް ޑްރައިވަރާއިއެކު 2 މަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ކުންފުނީގެ ފަރާތުން ވޭން ކުއްޔަށް ހިފުމަށް ބޭނުންވަނީ ނޮވެންބަރު އަދި ޑިސެންބަރު މަހުގައި ހެނދުނު 6 އިން ފެށިގެން އިރުއޮއްސި 6 އަށެވެ. 

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން މި ކުންފުނީގެ 3331230 ނަންބަރާއި ގުޅުއްވައިގެން ނުވަތަ މި ކުންފުނީގެ މެއިލް [email protected] ، [email protected] އަދި   [email protected]އަށް އީމެއިލް ފޮނުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަދި މިކަމާގުޅޭގޮތުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް 9 އޮކްޓޫބަރު 2021 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިންެ އިސްވެ ދެންނެވުނު މެއިލް އަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުއްވަމުން ގެންދެވުން އެދެމެވެ.

އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް އަގެއް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށް ޓަކައި ދެންނެވީމެވެ.

 

30 ސެޕްޓެންބަރު 2021
ހޯދާ