ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވޭމަންޑުގައި 2 ޓްރާންސްފޯމަރ ބެހެއްޓުމުގެ މަސައްކަތަށް ބޭނުންވާ 2 ބިމުގައިވާ ރުއްގަހާގުޅޭ

ވޭމަންޑޫގައި 2 ޓްރާސްފޯމަރ ބެހެއްޓުމަށް ބޭނުންވާ 2 ބިމާއި ބިމުގެ ވަށާގެންވާ މަގުތައް ހެދުމުގެގޮތުން އެބިމަށް އަރާ ރުއްގަހާއި، ވަށާގެންވާ މަގުމަގަށް އަރާ ރުއްގަހުގައި މި ކައުންސިލުން ނަންބަރު ޖަހާފައިވާނެއެވެ. މިކަމަށް ހަމަޖެހިފައިވާ ދެބިމަކީ، ރަބީޢީމަންޒިލް ގޯތީގެ އިރުން އޮތް ހުސްބިމާއި، ޕޮލިސްގޯތީގެ ހުޅަނގު ދެކުނުން އޮތްހުސްބިމެވެ.

           ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 06 އޮކްޓޫބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ތައް ނޯޓުކުރެއްވުމަށް ދެންނެވީމެވެ. އަދި ޤާނޫނާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ބުނެވި ދިޔަ ދެބިމުގައި ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 10 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަސްތައް މިކައުންސިލުން ނައްތާލެވޭނެއެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

26 ސެޕްޓެންބަރު 2021
ހޯދާ