ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމުގައިވާ ރުއްގަހާއި ގުޅޭ

ވޭމަންޑޫގައި ފެނުގެ ނިޒާމް ޤާޢިމު ކުރުމަށް ބޭނުންވާ ބިމާއި ބިމުގެ ވަށާގެންވާ މަގުތައް ހެދުމުގެގޮތުން އެބިމަށް އަރާ ރުއްގަހާއި، ވަށާގެންވާ މަގުމަގަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ.  މިކަމަށް ހަމަޖެހިފައިވާ ބިމަކީ، ނަރުދަމާސައިޓުގެ އުތުރުން މިރިހިމަޤާ އިންވެގެންވާ ބިމެވެ.

             ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 06 އޮކްޓޫބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ތައް ނޯޓުކުރެއްވުމަށް ދެންނެވީމެވެ. އަދި މިދެންނެވި ޤާނޫނާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. މިދެންނެވި ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި އެރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 10 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަސްތައް މިކައުންސިލުން ނައްތާލެވޭނެއެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

26 ސެޕްޓެންބަރު 2021
ހޯދާ