މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ

ނަމްބަރ :  07/AFC/HR/2021

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ކޭޝިއަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޭޝިއަރިންގ / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

މުސާރަ:

4,960.00 ރުފިޔާ

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

- އޭ.އެފް.ސީ ފިހާރައިގައި ކޭޝިއަރަކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.

- ކުންފުނިން ކަނޑައަޅާފައިވާ ފައިސާ ގެންގުޅުމާއި ބެލެހެއްޓުމުގެ އުޞޫލުތަކާއި އެއްގޮތައް ފައިސާގެ ކަންތައްތައް ބެލެހެއްޓުން.

- އޭ.އެފް.ސީ ފިހާރައިގެ "ޑެއިލީ ސޭލްސް" ނެގުމަށްފަހު ރިޕޯޓް ތައްޔާރުކުރުން.

- ފިހާރަޔަށް ބޭނުންވާ މުދަލަށް ހެޑް އޮފް ޑިޕާޓްމަންޓުގެ ލަފަޔާއިއެކު ލަސްނުކޮށް އޯޑަރުކުރުން.

- ފިހާރަޔަށް ގެންނަ މުދާ ލަސްނުކޮށް އެކައުންޓްސް ޑިޕާޓްމެންޓާއި ގުޅިގެން އަގު ހަދައި ސިސްޓަމަށް އެޅުން.

- މަސްކިރުމުގައި ޙަރަކާތްތެރިވުމާއި، މަސްކިރާ ނިމުމުން މަސްބިލް ހަދާ ބިލްތަކަށް ފައިސާ ދޫކުރުމާއި، ތެލާއި، އައިސް ވިއްކުން.

- ދުވަހުން ދުވަހަށް ވިއްކާ ތެލާއި، އައިހުގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން.

- ޑެއިލީ ރިޕޯޓް، ވީކްލީ ރިޕޯޓް، އަދި މަންތްލީ ރިޕޯޓްތައް ކަނޑައެޅިފައި އޮންނަ ތާރީޚުތަކަށް ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 10 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7945771 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2021
ހޯދާ