ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

އިޢުލާން

 

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތް ސައެންސަސް  

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގެ ބަޔޮމެޑިކަލް ޑިޕާރޓްމެންޓުން ހިންގާ ބެޗްލާރ އޮފް މެޑިކަލް ލެބޯރެޓަރީ ސައެންސް ކޯހުގެ ތިރީގައި ދެންނެވިފައިވާ 3 މާއްދާ ގެ ޕްރެކްޓިކަލް ސެޝަންތައް ނަގައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރާރ އިން ބޭނުންވެއެވެ.

ބޭނުންވާ މާއްދާތައް:

MLS003 Basic Laboratory Technology

MLS005 Microbiology I

MLS007 Haematology I

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާއިން ބެޗްލާރސް ޑިގުރީ ހާސިލްކޮށްފައިވުމާއި އެކު ޓާރޝިއަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ކިޔަވާ ދެއްވަން ބޭނުންވާ މާއްދާ ބަޔާންކޮށް )

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތެށެވެ.  

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުން އެދެމެވެ.  

ސުންގަޑު

5 އޮކްޓޯބަރު 2021 (އަންގާރަ) ދުވަހުގެ 12:00 ގެ ކުރިން މިފެކަލްޓީގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2021
ހޯދާ