ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނަށް ބޭނުންވާ ލެޕްޓޮޕް، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމަށްފަހު 06 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހުގެ 10:00 އަށް ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 04 އޮކްޓޯބަރު 2021 ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

                  29 ސެޕްޓެމްބަރު 2021

22 ޞަފަރު 1443

 

 

                                                               އިޒްމީރާ ޝިހާމް

                                                                ސެކްރެޓަރީ ޖެނެރަލް                                                             

29 ސެޕްޓެންބަރު 2021
ހޯދާ