މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ހަކަތަރި ޕްރޮގްރާމަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރުވުމަށް ނަން ނޯޓު ކުރުމަށް ހުޅުވާލުން

 

ހަކަތަރި ޕްރޮގްރާމަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރުވުމަށް ނަން ނޯޓު ކުރުމަށް ހުޅުވާލުން

 

ދިވެހިރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ ސަމަކާރަ ތަކެތި ފާހަގަކުރުމަށް މި މިނިސްޓްރީން އެކުލަވާލެވިފައިވާ ހަކަތަރި ޕްރޮގްރާމަށް އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމެއް އަންނަ އޮކްޓޫބަރު މަހު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމު އަމާޒު ކުރެވިފައިވަނީ ރާއްޖެއަށް ކަރަންޓު އާލާތްތައް އެތެރެކޮށް އަދި ވިއްކާ ފަރާތްތަކަށެވެ.

ވިމާ، މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 09 އޮކްޓޫބަރު 2021 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ ފޯމު މެދިވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް އެދެމެވެ.

ފޯމުގެ ލިންކް: https://forms.office.com/r/5pNUX40W3w

ނޯޓް: މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ މި ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކެވެ. 

29 ސެޕްޓެންބަރު 2021

 

29 ސެޕްޓެންބަރު 2021
ހޯދާ