ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަރު (އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމަށް މީހަކު ހޯދުން)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-337107

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ/ ފ. ނިލަންދޫ

މުސާރަ:

4,465/- ރުފިޔާ

ސަރވިސް އެލަވަންސް:

1,500/- ރުފިޔާ

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިގެ ފައިސާ

4 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ ( މަހަކު )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

2.

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

3.

ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކާ ގުޅިގެން ގޭބަންދުކުރަންޖެހޭ މީހުން ދުވަހުން ދުވަހަށް ގޭބަންދުކުރުމާއި އެމީހުންގެ މަޢުލޫމާތު، ލަސްވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ފޮނުވައި އޭގެ ރެކޯޑްތައް ބެލެހެއްޓުން.

4.

ހުކުރު، ކޭތަ، ޢީދު ނަމާދު ފަދަ ނަމާދުތަކަށް ކައުންސިލުން ތައްޔާރުކޮށްފައިވާ ތާވަލާ އެއްގޮތްވާގޮތުގެ މަތިން މީހުން ހަމަޖެއްސުމާއި، ނަމާދު ކުރަންޖެހޭ ދުވަހުގެ 1 ދުވަސްކުރިން، އިމާމުވެ ނަމާދުކުރާ މީހާ ނުވަތަ މީހުންނާއި ޚުޠުބާ ޙަވާލުކުރުން އަދި ހުކުރު ކުރަން އެދޭ މީހުންގެ ތެރެއިން އެކަމުގެ ހުއްދަ ލިބިފައިވާ މީހުން ކައުންސިލަށް ހުއްދަ ހުށަހެޅުމުން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި އެއްބަސްވުން ހަދައި ޙަވާލުކުރުން.

5.

އީމެއިލް، ޖެމްސް، ޕޯސްޓުންނާއި އެހެނިހެން ގޮތްގޮތުން އިދާރާއަށް ލިބޭ ލިޔުންތައް ދުވަހުން ދުވަހަށް ޖެމްސްގައި އެންޓްރީކޮށް ކަމާގުޅުން ހުރި މުވައްޒަފާ ޙަވާލު ކުރުން.

6.

ކައުންސިލްގެ ފަރާތުން ސަރުކާރުގެ ގެޒެޓަށް ފޮނުވަންޖެހޭ ލިޔުންތައް ދުވަހުން ދުވަހަށް ގެޒެޓަށް ފޮނުވައި ގެޒެޓުގައި ޝާއިޢުކުރުމަށްފަހު ލިޔުމުގެ ކޮޕީ ނަގައި ކަމާބެހޭ މުވައްޒަފާ ޙަވާލުކޮށް، އެލިޔުންތައް ތަރުތީބުން ފައިލްކުރުން. އަދި ކައުންސިލުން ޢާއްމުކުރާ ހުރިހާ ލިޔުންތައް ކައުންސިލްގެ ވެބްސައިޓާއި ޕޭސްބުކް ޕޭޖުގައި ދުވަހުން ދުވަހަށް އަދާހަމަކުރުން.

7.

ގުރުއާނާ ބެހޭ މަރުކަޒުގައި ހިންގާ ކުލާސްތަކުގެ ޙާޟިރީއާއި ކިޔަވައި ދެއްވާ ޓީޗަރުންގެ ޙާޟިރީ ކޮންމެ މީލާދީ މަހެއް ފެށުމުގެ 1 ދުވަސްކުރިން ތައްޔާރުކޮށް ކިޔަވައި ދެއްވާ ޓީޗަރުންނާ ޙަވާލުކުރުމާއި ވޭތުވެދިޔަ މަހުގެ ޓީޗަރުންގެ ޙާޟިރީ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބަޖެޓަށް ފޮނުވުން. އަދި މަރުކަޒުގައި ހިންގާ ކުލާސްތަކުގެ ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރުން އެދޭ ކަންތައްތަކުގައި ފުރިހަމަ އެއްބާރުލުންދިނުން. އަދި ޤުރުއާނާ ބެހޭ މަރުކަޒުގައި ހިންގާ ކޯސްތަކާ ގުޅޭ އެންމެހައި ކަންތައްތައް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ލަފާޔާއި މަޝްވަރާގެ މަތިން ކުރުމާއި ބެލެހެއްޓުން.

8.

ބޮޑެތި މީހުންނަށް ތަޢުލީމްދިނުމަށް ކައުންސިލުން ހިންގާ ކޯސްތަކާއި ތަމްރީން ޕްރޮގުރާމްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. އަދި ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ކައުންސިލުން ހިންގާ ޕްރޮގުރާމްތަކާ ބެހޭ އެންމެހައި އިދާރީ މަސައްކަތްތައްކުރުން.

9.

ފ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމްތައް ހިންގުން.

10.

ކަށުކަމާކެމީގެ ކަންތައްތައް ހަމަޖެއްސުމަށް ކައުންސިލްގެ އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އެހީތެރިވެދިނުން.

11.

ދަޢުލަތުގެ މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަޒީފާ ބަޔާނާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.

12.

މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިޔާ ސިޓީ، މެސެޖު، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވައި، މަދުވެގެން ހަފްތާއަކު އެއްފަހަރު ތަރުތީބުން ފައިލްކުރުން.

13.

މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ސިޓީ، މެސެޖު، ފަދަ ތަކެތީގެ ތެރެއިން މަޝްވަރާ ނުހޯދައި ޖަވާބުދެވެން ހުންނަ ލިޔުންތަކަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި، މަޝްވަރާ ހޯދަން ޖެހޭ ލިޔުންތައް މަޝްވަރާ ކުރުމަށްޓަކައި ޔުނިޓުގެ ސުޕަވައިޒަރާ ދުވަހުން ދުވަހަށް ހަވާލުކުރުން. އަދި މަޝްވަރާ ލިބުމުން އެފަދަ މައްސަލަތަކަށްވެސް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.

14.

މުވައްޒަފުގެ މަސައްކަތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ކައުންސިލަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހޯދުމަށް ފޮނުވާ ލިޔުންތަކަށް މުއްދަތުގައި ޖަވާބުދިނުން. އަދި ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ޖަވާބު ނުލިބި ލަސްވާ ލިޔުންތަކަށް ޖަވާބު ހޯދުމަށް މަދުވެގެން މަހަކު އެއްފަހަރު ލިޔުން ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

1.          ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިންދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ، 

2.          މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއްޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.

ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ފ. ނިލަންދޫ ކައުންސިލް އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.)

http://www.csc.gov.mv/downloads/15151

2.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)

ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.

މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.

(ހ)

ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށްވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)

ސިވިލް ސަރވިސް ތަޖުރިބާގެ ތެރެއިން http://www.csc.gov.mv/ ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)

އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށްވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)

ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށްވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)

ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށްވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް".

ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.    އަސާސީ ޝަރުޠު ހަމަވުން (30%)

2.    އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމު (5%)

3.    ލިބިފައިވާ ތަޖުރިބާ (5%)

· އެޑްމިނިސްޓްރޭޝަންގެ ދާއިރާ

· މެނޭޖްމަންޓްގެ ދާއިރާ

4.    އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)  (25%)

5.     އިންޓަރވިއު (35%)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2021 އޮކްޓޫބަރު 11ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަ ރވިއު އަދިޕްރެކްޓިކަލްސް އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2021 އޮކްޓޫބަރު 14އާއި 19އާ ދެމެދުގައެވެ. ޕްރެކްޓިކަލް އޮންނާނީ، ފ. ނިލަންދޫ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަވިއު އޮންނާނީ، ފ. ނިލަންދޫ ކައުންސިލްގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށްތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6740016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"(http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

21 ޞަފަރު 1443

28 ސެޕްޓެންބަރު 2021

ހޯދާ