ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ބޭނުންކުރަމުންދާ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 30 ސެޕްޓެންބަރު 2021 13:33 ގައި ބާތިލް ކުރެވިފައެވެ.


                                                 ނަންބަރ: Q4-SM-IUL-2021-13

                    އިޢުލާން 

ގދ.ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ބޭނުންކުރަމުންދާ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

         ގދ.ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން އެންމެ 02 ފަރާތެއް އަންދާސީ ޙިސާބު ހުށައަޅުއްވާފައިވާތީ  މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 03ވަނަ ފަހަރަށް އިއުލާންކުރަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޙަށް ގދ.ގައްދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

ތާރީޙް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (03 އޮކްޓޯބަރ 2021)

11:00ގައި

ގދ.ގައްދޫ ސިއްޙީމަރުކަޒު

އަންދާސީ ހިސާބު ހުށަހެޅުން (06 އޮކްޓޯބަރ 2021)

11:00ގައި

ގދ.ގައްދޫ ސިއްޙީމަރުކަޒު

       އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިމަރުކަޒުގެ ނަންބަރު 6840172 ފޯނަށް ގުޅައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

   އަމިއްލަ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ އެފަރާތުގެ ނަމާއި، މިހާރުގެ އެޑްރެހާއި، އައި.ޑީ ކާޑުގެ ކޮޕީއެއް ހުށައަޅުއްވަން ވާނެއެވެ.  

      އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ގދ.ގައްދޫ ޞިއްޙީ މަރުކަޒަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ

ޕޮއިންޓް ދޭނެ މިންގަނޑު

މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %90 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މުއްދަތަށް: %5 ޕޮއިންޓް (އެންމެ ރަނގަޅު ހުށަހެޅުމަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މަސައްކަތުގެ ތަޖުރިބާ: %5 ޕޮއިންޓް (އެންމެ ގިނަދުވަހު މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކީ ބެންޗްމާކް ކަމުގައި ބަލައިގެން)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22 سفر 1443

29 ސެޕްޓެންބަރު 2021
ހޯދާ