ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯމަހަށްލީ ވިލާ ގައި ކޮރަލް ގަރޑެން ހަދަމުންދާ ސަރަޙައްދު ހިމާޔަތްކުރުން؛

މިކައުންސިލްގެ އިޙްތިސާސްގައި ހިމެނޭ "ކޯމަހަށްލީ ވިލާ" ގައި ކޯރަލް ގަރޑެންއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެވިލުގެ ހުޅަނގު ފަރާތުގައި 4 ބޮއި އަޅާ، އެ 4 ބޮއި ހިމެނޭ ސަރަޙައްދަކީ ކޯރަލް ގަރޑެން ތަރައްޤީ ކުރުމަށް ކައުންސިލުން ނިންމާފައިވާ ސަރަޙައްދެވެ. ކޮރަލް ގަރޑަން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުވާނީ މިދެންނެވި ސަރަޙައްދުގައި ސްޓްރަކްޗަރތައް ހަރުކުރެވިފައެވެ. އެހެންކަމަށްވުމާއިއެކު އެސަރަޙައްދުން މަސްވެރިކަން ކުރުމާއި ވެލި ނެގުމަކީ މިއަދުން ފެށިގެން މަނާކަމެއް ކަމުގައި ދަންނަވަމަވެ. އަދި އެސަރަޙައްދުން އެއްވެސް ފަރާތަކުން މަސްބޭނުމާއި ވެލި ނެގުންފަދަ ކަމެއް ކުރަމުންދާނަމަ އެފަރާތްތަކާއިމެދު ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ސެޕްޓެންބަރު 2021
ހޯދާ