ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ގުރައިދޫ ރައްޔިތުންގެ ސްޓޯރގައިވާ މުދާ ސޭލް އެޅުވުމާ ގުޅޭ

 

 

އިޢުލާން

 

ތ. ގުރައިދޫ ރައްޔިތުންގެ ސްޓޯރގައިވާ މުދާ ސޭލް އެޅުވުމާގުޅޭ

 

      15 ޖުލައި 2021 ވަނަދުވަހު ރައްޔިތުންނާއެކު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ގުރައިދޫ ސްޓޯރގައި ހުރި މުދަލާގުޅޭ ގޮތުން ގޮތެއް ނިންމުމަށް ރައްޔިތުންގެ ޚިޔާލަށް ހުށަހެޅުމުން، ސްޓޯރގައި ހުރި މުދާ ސޭލް އެޅުވުމަށް ފެންނަކަމަށް ރައްޔިތުން ނިންމާފައިވާތީ، 12 ސެޕްޓެމްބަރ 2021 ން 18 ސެޕްޓެމްބަރ 2021 ށް ވަނީ ސްޓޯރގެ މުދާ ސޭލް އެޅުވިފައެވެ. ނަމަވެސް، އަދިވެސް ސްޓޯރގައި ނުވިކި ހުރި މުދާ އިތުރަށް އަގުހެޔޮކުރުމަށްފަހު ސޭލް އެޅުވުމަށް ކައުންސިލްގެ 4 ދައުރުގެ 2021 ވަނައަހަރުގެ 17 ވަނަ ޖަލްސާއިން ނިންމާފައިވާތީ، 3 އޮކްޓޯބަރ 2021 ން 9 އޮކްޓޯބަރ 2021 ށް ސޭލް އެޅުވުމުގެ މަސައްކަތް ކުރިއަށްދާނެ ވާހަކަ އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއެކު މުދަލުގެ ލިސްޓް ހިމެނިފައިވާނެއެވެ. އަދި އެއްވެސް ފަރާތަކަށް ދަރަންޏަށް މުދާ ދޫނުކުރެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

28 ސެޕްޓެންބަރު 2021
ހޯދާ