މަޤާމު:
|
ޖޫނިއަރ ޓެކްނިކަލް އެކްސްޕަރޓް (ޕްރޮމިސް ޕްރޮޖެކްޓް)
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް:
|
ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް/ ކ. މާލެ
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
ކޮންޓްރެކްޓްގެ މުއްދަތު:
|
02 އަހަރު
|
މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު
|
ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް
|
މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު
|
މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު
|
އުޖޫރަ:
|
މަހަކު -/12,500 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/3,000 ރުފިޔާ
|
ފީލްޑް އެލަވަންސް:
|
މަހަކު -/4,500 ރުފިޔާ
|
މަޤާމުގެ ޝަރުތު:
|
- އެންވަޔަރަމަންޓް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 8 ވަނަ ހަރުފަތުގެ ޕޯސްޓް ގްރަޖުއޭޓް ޑިޕްލޮމާ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- އެންވަޔަރަމަންޓް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަމަންޓް ދާއިރާގެ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ދިރާސާކުރުމުގެ ތަޖުރިބާ ހުރުމާއެކު، ކުރެވިފައިވާ ދިރާސާތައް ޝާއިއުކޮށްފައިވާ ފަރާތްތަކާށާއި، ބައިނަލްއަޤްވާމީ ޕްރޮޖެކްޓް ނުވަތަ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕްރޮޖެކްޓްގެ ޙަރަކާތްތަކާގުޅޭ ރިސާރޗްތަކަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އެނަލައިޒްކޮށް ރިޕޯޓް އެކުލަވާލުން.
- ކުނިބުނި މެނޭޖުކުރުމާއި ތިމާވެއްޓާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ސިޔާސަތުތައް މުރާޖައާކޮށް ދިރާސާތައް ހެދުން.
- ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުން.
- ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ ރިސާރޗް ހަރަކާތްތައް ކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
- ޕްރޮޖެކްޓްގެ ހަރަކާތްތައް ތަންފީޒުކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
- ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެޗެޓްގެ ޝަރުތުތަކާ އަދި ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުމަށްޓަކާ އާ ޕްރޮސެސްތަކާ ޓޫލްތަކާ ގުޅޭ މަޢުލޫމަތު ދިނުމަށް ހެލްޕް ޑެސްކެއްގޮތުގައި މަސައްކަތްކުރުން.
- ރަނގަޅު ރެކޯޑް ބަލަހައްޓައި ގުޅުންހުރި ޕޮލިސީތަކާއި ލިނުންތައް ފަސޭހައިން ލިބޭނެގޮތްހަދައި އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރުން.
- ފީލްޑް ވޯރކް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުންވާ ދަތުރުފަތު އަދި ލޮޖިސްޓިކަލް އެރޭންޖްމަންޓްތައް ރޭވުން.
- ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2021 އޮކްޓޫބަރު 06 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
Job Application Form (PROMISE Project)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
އިތުރު މަޢުލޫމާތު:
|
- މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345420 ނަމްބަރު ފޯނަށެވެ.
|